ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުދިންގެ މައްސަލަތައް ބެލުން ލަސްވެ، މައްސަލައިގެ ހެކި ގެއްލޭ- އެޗްއާރުސީއެމް

ކުޑަކުދިންގެ މައްސަލަތައް ބެލުން ލަސްވެ، މައްސަލައިގެ ހެކި ގެއްލޭ- އެޗްއާރުސީއެމް.... ފޮޮޓޯ: މީސްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުދިންނަށް އަނިޔާކޮށްގެން ހުށަހަޅާ މައްސަލަތަކުގައި ތަޙުޤީޤު މަރުހަލާ ލަސްވެ މައްސަލައިގެ ހެކި ގެއްލި އިންސާފު ހޯދައިދިނުމަށް ހުރަސްއެޅޭކަމަށް ހިއުމަން ރައިސްޓް ކޮމިޝަން އޮފް ދަ މޯލްޑިވްސް އެޗްއާރުސީއެމްއިން ބުނެފިއެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ދުވަހުގެ މުސާނަބަތުގައި އެޗްއާރުސީއެމްއިން ނެރުނު ބަޔާނެއްގައި، އަނިޔާގެ ޝިކާރައަށްވެފައިވާ ކުދިންނަށް އިންސާފު ނުލިބޭ މައްސަލަތައް މުރާޖާޢަކޮށް މިފަދަ މައްސަލަތަކަށް ހައްލު ހޯދޭނެ ގޮތްތައް ޤާއިމްކޮށް އަނިޔާގެ ޝިކާރައަކަށް ވެފައިވާ ކުދިންނަށް އިންސާފު ހޯދައިދިނުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ވަނީ ގޮވާލާފައެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުން ރާއްޖޭގައި ކުޑަކުދިންނަށް ކުރާ އަނިޔާގެ ގިނަ މައްސަލަތަކެއް ދައުލަތުގެ އިދާރާތަކަށް ހުށަހަޅާފައިވާއިރު، އެޗްއާރުސީއެމްއަށް ހުށަހަޅޭ މައްސަލަތަކުގެ ތެރޭގައި އެނެްމެ ބޮޑަށް ފާހަގަކުރެވެނީ އާއިލާގެ ފަރާތުންވާ އިޙުމާލާއި، ކުޑަކދުިންނަށް ލިބޭ ނަފްސާނީ އަދި ޖިސްމާނީ އަނިޔާއާއި، އާއިލާގެ ފަރާތުންނާއި ނުދަންނަ ފަރާތްތަކުން ކުރާ ޖިންސީ އަނިޔާގެ މައްސަލަތަށް ކަމަށެވެ. މީގެ އިތުރުން ދަޢުލަތުގެ މުއަސަސާތަކުންވާ އިޙުމާލާއި، ކުޑަކުދިންނަށް ގަނާ ކުރާކަމަށް ބުނެ ހުށަހަޅާ މައްސަލަތައްވެސް ހިމެނޭ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެކި ކުއްތަކުގައި ހައްޔަރުކުރޭ ކުޑަކުދިން ބަންދުގައި ތިބޭ ބޮޑެތި މީހުންނާއި ވަކިން ބައިތިއްބާނެ އިންތިޒާމެއް ހަމަޖައްސަން ޖެހޭ ކަމަށްވެސް އެ ކޮމިޝަންގެ ބަޔާނުގައި ވަނީ ގޮވާލަފައެވެ. އެގޮތުން ޤާނޫނާ ޚިލާފަ އަމަލުތަކަށް ހުށަހެޅޭ ކުދިންނާއި ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިން ކުށުގެ ވެއްޓާ ދުރުހެލުކޮށް، އެކުދިން ހެޔިޮތުގައި އަނބުރާ މުޖްތަމައަށް ގެނައުމަށް ކަނޑައެޅިފައިވާ ނިޒާމު އިތުރަށް ހަރުދަނާ ކުރަންޖެހިފައިވާކަން ފާހަގަކޮށްފައެވެ. އަދި އަނިޔާ ލިބޭ ކުދިންނައް ބޭނުންވާ ނަފްސާނީ އެހީތެރިކަން ފެސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް އެދި ދައުލަތުގެ ކަމާއި ބެހޭ ފަރާތްތަކަށް ވަނީ ގޮވާލާފައެވެ.

ކުޑަކުދިންނަކީ ޤައުމުގެ މުސަތަޤުބަލު ކަމަށްވާއިރު އަނިޔާއިން ކުޑަކުދިން ރައްކާތެރިކޮށް އެކުދިންނައް ލިބެންވާ ލޯތްބާއި، އަޅާލުމާއި، ރައްކާތެރިކަން ދިނުމަކީ މުޖުތަމަޢުގެ ކޮންމެ ފަރުދެއްގެ ޒިންމާއެއްކަމަށްދެކިގެން ކުދިންނައް ރައްކާތެރިކަން ދިނުމަށް އެޗްއާރުސީއެމްގެ ބަޔާނުގައި ވަނީ ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: