މާރާމާރިއެއްގައި ވަޅި އެޅުމަށްފަހު ކަނޑަށް އެއްލާލި މީހާ އިތުރުފަރުވާއަށް މާލެ ގެނެސްފިއެވެ.
ފުލުހުން ވިދާޅުވީ އޭނާ ޒަހަމްވެފައިވަނީ ލަނޑާނަގަން އުޅުނު ދޯންޏެއްގައި ހިންގި މާރާމާރީއެއްގައި ކަމަށެވެ. އޭނާގެ ގައިގާ ވަޅި އެޅުމަށްފަހު ކަނޑަށް އެއްލާލާފައިވާކަމަށް މިހާތަނަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާކަމަށް ފުލުހުން ވެސް ވިދާޅުވިއެވެ.
އޭނާ މާލެ ގެނެސްފައިވަނީ އއ. ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހުއެވެ. އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑްގެ އެހީތެރިކަމާއެކު އިތުރު ފަރުވާއަށް އޭނާ މާލެ ގެނެސްފައިވާއިރު ޒަހަމްތަކާއެކު އޭނާ މާޅޮހަށް އެރީ ފަތާފައި ގޮސް ކަމަށް ފުލުހުން ބުނެއެވެ.
އައިޖީއެމްއެޗްއިން މައުލޫމާތުދޭ ގޮތުގައި އޭނާގެ ހާލު ސީރިއަސްއެވެ. ނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.
މިމައްސަލައިގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ވަނީ ރޭ މެންދަމު 03:06 ގައެވެ. އަދި މިހާރު އެ މައްސަލައާއި ގުޅުން ހުރި ފަރާތްތަކާއި ސުވާލުކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

