ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ޚިދުމަތުގައި ދެމިހުރުމަށް ދެއްވި ތާޢީދަށް ޝުކުރިއްޔާ“

ރައީސް ނަޝީދު އިނގިރޭސިވިލާތުގައި ހުންނެވުމަށްފަހު ރާއްޖެ ވަޑައިގެންނެވި ދުވަހު... ފޮޓޯ: ޓުވިޓަރ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ޚިދުމަތުގައި ދެމިހުރުމަށް ދެއްވި ފުރުސަތަށް، ރައީސް މުޙައްމަދު ނަޝީދު ޝުކުރު އަދާކުރައްވައިފިއެވެ.

އެމްޑީޕީގެ ލީޑަރޝިޕް އިންތިޙާބު އިއްޔެ ބާއްވާފައެވެ. އެ އިންތިޚާބުގައި، އެމްޑީޕީގެ ރައީސް ކަމަށް ނަޝީދު ހޮވިވަޑައިގެންނެވިއިރު ނައިބު ރައީސް ކަމަށް ހޮވިވަޑައިގެންނެވީ ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒްއެވެ. އިންތިހާބުގައި ޕާޓީގެ ރައީސް ކަމަށް ވާދަކުރެއްވީ ރައީސް ނަޝީދު އެކަނިކަމަށްވާއިރު އެމަނިކުފާނު ރައީސްކަމުގައި ހުންނަން ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް ނަގާފައި ވަނީ ފެންނަ ނުފެންނަ ވޯޓެކެވެ.

ރައީސް ކަމަށް ހޮވިވަޑައިގެންނެވުމުން ވޯޓު ދެއްވި ފަރާތްތަކަށް ޝުކުރު އަދާކުރައްވާ ނަޝީދު ވަނީ ޓުވީޓެއް ކުރައްވާފައެވެ.

https://twitter.com/MohamedNasheed/status/1198142445298438144

މިއީ ޕާޓީގެ ރައީސްކަމަށް ރައީސް ނަޝިދު އަދި ނައިބު ރައީސް ކަމަށް ޝިފާޒު އިންތިޚާބުވި ދެވަނަ ފަހަރެވެ. ރައީސް ނަޝީދު ވަނީ މީގެ ކުރިން އެމްޑީޕީގެ ޗެއާޕާރސަން ކަންވެސް ކުރައްވާފައެވެ.

އިންތިހާބުގައި ހޯއްދެވި މިކާމިޔާބީއާއި ގުޅިގެން ރައީސް ނަޝީދުއަށް އެމްޑީޕީގެ މެންބަރުންދަނީ ތަހުނިޔާ އަރިސްކުރައްވަމުންނެވެ. އެގޮތުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ކުރެއްވި ޓްވީޓެއްގައި، އެމްޑީޕީ މެންބަރުން އިތުބާރުކޮށް ދެވަނަ ދައުރަކަށް ރައީސް ނަޝީދު ހޮއްވެވީ ޕާޓީ ޤަބޫލޫކުރާ ހަމަތައް ދަމަހައްޓާނޭ ފަރާތަކީ ރައީސް ނަޝީދު ކަމަށް ޤަބޫލުކުރައްވާތީ ކަމަށް ވަނީ ވިދާޅުވެފައެެވެ.

https://twitter.com/evattey/status/1198088139065053189

އިއްޔެ ކުރިޔަށްދިޔަ އެމްޑީޕީގެ އިންތިޚާބުގައި ވޯޓުލީ ނިސްބަތް އާދަޔާއި ޚިލާފަށް މަދުކަން ފާހަގަކޮށްލެވެއެވެ. އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި، އެ ޕާޓީގައި ރަޖިސްޓްރީކޮށްފައިވާ 87،439 މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިފައިވެއެވެ. އޭގެެތެރެއިން މި އިންތިޚާބުގައި ވޯޓުލާފައި ވަނީ އެންމެ 23،584 މީހުންނެވެ.

އެއީ ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ 26.97 އިންސައްތައެވެ. އެހެންނަމަވެސް މި އިންތިޚާބުގައި 80 އިންސައްތަ މީހުން ވޯޓުލާނެ ކަމަށް އިންތިޚާބުގެ ކުރީން، އެމްޑީޕީން ލަފާކުރިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: