ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔަމީނަށް ހުކުމް ކުރުން މަޑުޖައްސާލަން ވަކީލުން އެދިއްޖެ

ރައީސް ޔާމީނަށް ހުކުމް އިއްވުން މަޑު ޖައްސައިދިނުމަށް ވަކީލުން އެދިއްޖެ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގެ ހުކުމް އިއްވަން މިއަދު ތާވަލްކޮށްފައިވާ ޝަރީއަތް މަޑުޖައްސާލަން އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

ރައީސް ޔާމީންނަށް ކުރާ ތުހުމަތުގެ ޝަރީއަތްތައް ނިމި، ހުކުމް އިއްވުމުގެ ޝަރީއަތް މިއަދުގެ މެންދުރު 01:30 އަށް ވަނީ ތާވަލުކޮށްފައެވެ.

”ސަަންގު“ އަށް މައުލޫމާތު ދެއްވަމުން ރައީސް ޔަމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފައިވަނީ ހުކުމް އިއްވުން ފަސްކޮށްދިނުމަށް އެދިފައިވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާއި ގުޅޭގޮތުން ވަކި ގޮތެއް ކަނޑައެޅެން ދެން ކަމަށެވެ. އެހެން ކަމުން، ރައީސް ޔާމީންއަށް ހުކުމް އިއްވުން އެހެން ދުވަހަކަށް ފަސްކޮށްދިނުމަށް އެދިފައިވާކަމަށް ވަކީލުން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގައި ގޮތެއް ނިންމުމަށް އެކުލަވާލި ބެންޗާމެދު ހިތްހަމަނުޖެހި، އެ މައްސަލަ ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅާފައެވެ. އެ މައްސަލައިގައި ބުނެފައިވަނީ ރައީސް ޔާމީންގެ މައްސަލަ ބައްލަވަމުން ގެންދެވަނިކޮށް، ވައިބާ ގްރޫޕަކަށް ލޯ ފޮޓާއި ގުޅިގެން ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑުކޮށް، މައްސަލަ ކުރިޔަށް ގެންދިއުމަށް ބެންޗެއް އެކުލަވާލީ ކޯޓުތަކުގެ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި ވަކި ތަރުތީބަކުން ބެންޗު އެކުލަވާލުުމުގެ އުސޫލާ ޚިލާފުވެ، އެއީ މައްސަލައެއް ނޫން ކަމުގައި ގާޒީ އަލީ ރަޝީދު ނިންމެވުން ވެސް ގޯސް ކަމަށް ވަކީލުން ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީނަށް ހުކުމް އިއްވުން، މަޑުޖައްސައިދިނުމަށް ވަކީލުން އެދިފައިވަނީ މި މައްސަލައާއި ގުޅުވައެވެ. ހުކުމް އިއްވުން ފަސްކޮށް ދިނުމަށް ރައީސް ޔާމީންގެ ވަކީލުން އެދިފައިވަނީ އެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ޖަވާބެއް ލިބެންދެނެވެ. އަދި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައި އޮތުމުން، އުސޫލެއްގެ ގޮތުން ދަށު ކޯޓުން އެ މައްސަލަ ކުރިއަށް ނުގެންދާނެ ވަކީލުން ބުނެފައިވެއެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ، ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދުު ރައީސް ޔާމީންގެ މައްސަލާގައި ބެންޗުގައި އެކުލަވާލާފައިވަނީ އެއާ ހިލާފަށް ކުރިމިނަލް ކޯޓުގެ ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދު އަމިއްލައަށް ކަމަށެވެ. ގާޒީ އަލީ ރަޝީދުގެ މައްސަލާގައި ރައީސް ޔާމީން ވެސް ކަންބޮޑުވުން ފާޅު ކުރައްވާ ވަނީ މައްސަލައިން ތަނާޒަލްވުމަށް އެދިވަޑައިގެންފައިވެ އެވެ. އެހެން ނަމަވެސް، އަލީ ރަޝީދު ވިދާޅުވީ އޭނާ މައްސަލައިން ތަނާޒުލްވާން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ގާޒީ އަލީ ރަޝިދު ވަނީ ”ރާއްޖޭގެ މީޑިއާއަކަށް“ އިންޓަވިއުއެއް ދެއްވާފައެވެ. ފަނޑިޔާރުންގެ ގާނޫނުގައި ފަނޑިޔާރުން މީޑިއާއަށް އިންޓަވިއު ދެއްވުން މަނާކޮށްފައިވެ އެވެ. ނަމަވެސް ގާޒީ އަލީ ރަޝީދު ވަނީ އެއީ އިންޓަވިއުއެއް ނޫން ކަމަށް ވިދާޅުވެ މައްސަލައިން ތަނާޒަލްނުވުމަށް ނިންމަވާފަ އެވެ.

މި މައްސަލާގައި ދެން ބެންޗުގައި ތިއްބަވަނީ ގާޒީ އަހުމަދު ޝަކީލާއި މުހައްމަދު ސަމީރާއި އަލީ އާދަމް އަދި ހުސެއިން ފާއިޒް ރަޝާދެވެ. މި ބޭފުޅުންގެ ތެރޭގައި ސީނިއާ ގާޒީއެއް ނެތް ކަމަށް ބުނެ ވެސް ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: