ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކުރި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ، އެ މަނިކުފާނު ޖަލަށްލާން ކުރި ހުކުމް ގަބޫލުނުކުރާކަމަށާއި، ރައީސް ޔާމީން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޔާމީން ކަމަށް، އިދޮކޮޅު ކޯލިޝަނުން ވިދާޅުވެއްޖެއެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑް ކޮށްފައި ވަނިކޮށް ފަސް ގާޒީންގެ ބެންޗުން ހުކުމް ކޮށްފައި ވަނީ ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށެވެ. އޭގެ އިތުރުން ލޯންޑާ ކުރިކަމަށް ސާބިތުވި އެއް މިލިއަން ޑޮލަރުގެ ފަސް ގުނަ، ފަސް މިލިއަން ޑޮލަރު ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ކޯޓުން ވަނީ ރައީސް ޔާމީންގެ މައްޗަށް ހުކުމްކޮށްފައެވެ.
ރައީސް ޔާމީން ޖަލަށްލުމަށް މިއަދު ކުރިމިނަލް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިޔާމް ވިދާޅުވީ މިއަދު ކުރި ހުކުމުން ރައީސް ޔާމީން މިނިވަން ނުކޮށް އިދިކޮޅުން މިހާރު ކުރަމުންދާ މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމަށް ޕާޓީ ލެވެލްގައި އާއި، ބައިނަލްއަގްވާމީ ލެވެލްގައި ކުރަންޖެހުނު ކުރިހާ ރައީސް ޔާމީން ހުރިހާ މަސައްކަތެއް ކުރުމަށް ތައްޔާރަށް ތިބި ކަމަށެވެ.
ޕާޓީގެ މެމްބަރުން، ހިތްވަރުއެލުވާލާ މާޔޫސްނުވުމަށް އިލްތިމާސްކޮށް ޝިޔާމް ވިދާޅުވީ، މިއީ ހުރިހާ މަސައްކަތެއްވެސް ހުއްޓާލުމަށްފަހު ރައީސް ޔާމީން މިނިވަން ކުުރުމަށް އެންމެން އަތުކުރި އޮޅާލާ ނިކުންނަން ވީ ވަގުތު ކަމަށެވެ. ޝިޔާމް ވިދާޅުވީ، ރައީސް ޔާމީނަކީ ރާއްޖޭގެ ތަރައްގީގެ ބާނީ ކަމަށެވެ. އަދި މިއަދު ޖަލަށް ލާން ހުކުމް ކުރީ ރައީސް ޔާމީން އެކަނި ނޫން ކަމަށާއި، އެމަނިކުފާނާއި އެކު އެތައް ހާސް ބަޔަކު ޖަލަށް ލާފައިވާކަމަށެވެ.
ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު ހުކުމް ގަބޫލު ނުކުރާނެ ކަމަށް ޕީޕީއެމް، ޕީއެންސީން ވަނީ ބުނެފައެވެ. އަދި އެ ހުކުމަށް ހައިކޯޓުންނާއި ސުޕްރީމް ކޯޓުން ތާއީދުކޮށް ނިންމި ނަމަވެސް ޕާޓީގެ ރައީސަަކަށްވާނީ ރައީސް ޔާމީން ކަމަށް ވިދާޅުވިއެވެ.
ޔާމީންގެ މައްޗަށް ދައުލަތުން ކުރި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ، އެ މަނިކުފާނު ފަސް އަހަރަށް ޖަލަށްލުމާ އެކު ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
އެ މައްސަލައިގެ ހުކުމް އިއްވަން މިއަދު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ގާޒީ އަލީ ރަޝީދު ހުސައިން ވިދާޅުވީ އެސްއޯއެފުން ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކުރި ކަން އެނގޭއިރު، އެ ފައިސާ އަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ކަމަށް ބެލެވޭ ކަމަށް އޭސީސީން ޔާމީނަށް އަންގަވާފައިވާ ކަން ހެކިންގެ ބަހުންނާއި ކިތާބީ ހެކިން އެނގޭ ކަމަށެވެ.

