ހުސްވެފައިވާ ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމަށް އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުށަހަޅުއްވާފައިވާ ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމްގެ ނަން ދިރާސާ ކުރަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ފޮނުއްވައިފި އެވެ.
ޕީޖީގެ މަގާމް ހުސްވެފައި ވަނީ އެ މަގާމް ހުންނެވި އައިޝަތު ބިޝާމް އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. ބިޝާމް މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ ބުރާސްފަތި ދުވަހުއެވެ.
ޕީޖީގެ މަގާމަސް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލުމުން އެ މަގާމަސް ޝަމީމްގެ އިތުރުން ދެ ބޭފުޅަކު ކުރިމަތިލެއްވިއެވެ. އެއީ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމުން މި އަހަރުގެ ތެރޭގައި އިސްތިއުފާ ދެއްވި ނިހާޔަތެވެ. ސިވިލް ކޯޓުގެ ކުރީގެ ގާޒީ ނިހާޔަތު މަގާމުން އިސްތިއުފާ ދެއްވީ އޮފީސް ތެރޭގައި ހިނގައިދިޔަ ހިޔާލު ތަފާތުވުންތަކެއްގެ ތެރޭގައި ކަމަށް މައުލޫމާތު ލިބެ އެވެ.
ދެން ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމަށް ކުރިމަތިލައްވާފައިވަނީ ޖިނާއީ އަދި މަދަނީ މައްސަލަތަކުގައި ވަރަށް ގިނަ ކޯޓުތަކުގައި ވަކާލާތު ކުރައްވާ ވަކީލް އަހުމަދު ޒަނީނެވެ.

