ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައިލަމް ފަނޑިޔާރު ކަމުން ވަކިކުރަން ކޮމެޓީން ތާއިދުކޮށްފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް މަގާމުން ވަކިކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާ މަޖިލީހަށް ފޮނުވި މައްސަލަ މަޖިލީޙުގެ ޖުޑިޝަރީ ކޮމެޓީން ދިރާސާ ކުރުމަށް ފަހު ހައިލަމް މަގާމުން ވަކިކުރުމަށް ފެންނަ ކަމަށް ކޮމެޓީން ފާސްކޮށްފިއެވެ.

ހައިލަމް މިވަގުތު ހުންނެވީ ސަސްޕެންޑް ކުރައްވާފައެވެ. އޭނާ ސަސްޕެންޑް ކޮށްފައި ވަނީ 60 ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށެވެ.

ހައިލަމް މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން ނިންމީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާތައް ފެންނަ ކުރެހުމަކުން، ގާޒީ ހައިލަމް ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވި މައްސަލަ ޖޭއެސްސީން ތަހުގީގު ކުރުމަށްފަހުއެވެ.

އެގޮތުން ޖޭއެސްސީން ބުނީ ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ އަމަލުތަކެއް ގާޒީ ހައިލަމް ކޮށްފައިވާ ކަމަށް ކޮމިޝަނަށް އިއްތިފާގުވެވިފައިވާ ކަމަށެވެ. އަދި ގާޒީ ހައިލަމްގެ މައްޗަށް ސާބިތުވެފައިވާ ކަންތައްތަކަކީ ފަނޑިޔާރު ކަމުގެ މަގާމާ އެކަށީގެން ނުވާ ފަދަ އަމަލުތަކެއް ކަމަށް ތަހުގީގު ކޮމިޓީ އަށް ގަބޫލުކުރެވުނު ކަމަށާއި އެހެންކަމުން އޭނާ ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.

ގާޒީ ހައިލަމް ވަނީ އެއީ ސަމާލުކަން ނުދެއްވައި ފޮނުވުނު މެސެޖެއް ކަމަށް ވިދާޅުވެފަ އެވެ. އެ ކުރެހުމުގައި ރައީސް ސޯލިހާއި ރައީސް ނަޝީދު ހުންނެވިކަން އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ މާފަށް ވެސް އެދިވަޑައިގެންނެވި އެވެ. ނަމަވެސް އެ މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ބަލަން ފަށައި ގާޒީ ހައިލަމް ސަސްޕެންޑްކުރި އެވެ. ގާޒީ ހައިލަމް ސަސްޕެންޑްކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހުކުމް އިއްވުމަށް އޮތް ދުވަހު އެވެ. އެއީ މިދިޔަ ނޮވެންބަރު މަހުގެ ފަސް ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: