ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނ. މާފަރުގައި މަންމައެއްގެ ފަރާތުން އަނިޔާ ލިބެމުންދާ ކުއްޖެއްގެ ވާހަކަ!

ކުޑަކުދިންނަށް ކުރާ އަނިޔާ
ޝެއާރކޮށްލާ ކަހަލަދޯ؟

ނ. މާފަރުގައި މަންމައަކު ކުޑަ ކުއްޖަކަށް އަނިޔާ ކުރާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

”ސަންގު“ އަށް ކަށަވަރުވެފައިވާ ގޮތުގައި މާފަރުގައި، ޒުވާން އަންހެނަކު އޭނާގެ ދަރިފުޅަށް އަނިޔާ ކުރާ މައްސަލައިގައި ޖެންޑާގެ ހާއްސަ ޓީމެއްވެސް އެ ރަށަށް ދިޔައެވެ. އެހެން ނަމަވެސް، އެ މައްސަލައިގައި މިހާތަނަށް އެޅުނު އެއްވެސް ފިޔަވަޅެއް ނެތެވެ. އަދި އެ މައްސަލައިގައި ފަހުން ރަށަށް އައިސް އެއްވެސް ސުވާލު ކުރުމެއް ވެސް ކުރިޔަށް ނުގެންދެއެވެ.

މި މައްސަލަ އެނގުމުން އެ ކުއްޖާގެ މައްސަލަ ނުބަލަންވީ ކީއްވެގެންތޯ އާއި، އަދި މީޑިއާއަކަށް އެފަދަ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާކަމަށް ޖަވާބުގައި ބުނީމެވެ. އަދި މީޑިއާއަށް އާއްމުކޮށް އެފަދަ މައުލޫމާތު ސިއްރު ކުރާކަމާއި، އެފަދަ ކަންކަން މީޑިއާތަކާއި ހިއްސާކުރުމަށް އެދުނީމެވެ. މައްސަލަ ބަލަން، ޖެންޑާއިން ރަށަށް ދިއަކަން އެނގުމުން، ތަހުގީގު ރަނގަޅު ގޮތުގައި ކުރާނަމަ މީޑިއާއަށް ތިކަން އެންގީސްކަން ބުނީމެވެ.

”….ހަމަ ތެދެއް ތިބުނީ، މައްސަލައެއް ބަލަންށޭ ކިޔާ އެ މީހުން އަންނަނީ ޕިކްނިކު ހަދާލަން. އައިސަ ވާ ކަމެއް ނެތް. މާދަމާ ވެސް އެ ކުއްޖާއަށް ކަމެއްވީމަ މިނިސްޓްރީއިން ތެޅިފޮޅިގަންނާނީ. އަދިވެސް މިއުޅެނީ އިބްތިހާލަށް އިންސާފު ނުލިބިގެން. އެ ކުއްޖާ ފަކީރަށް ހާދަ އަނިޔާއެއް ކޮށްލައޭ އޭނާ“ ވާހަކަ ދެއްކި މީހަކު ބުންޏެވެ.

މީގެ މަހެއް ހާ ދުވަހެއް ކުރިން، ޖެންޑާއިން މާފަރަށް ގޮސްފައިވަނީ އަންހެން މީހާ ކުއްޖާއަށް އެކި ގޮތްގޮތުން އަނިޔާކުރަމުން ގޮސް ކުއްޖާގެ ލޮލަށް ލިބުނު ބޮޑެތި ގެއްލުންތަކާއި ގުޅިގެންނެވެ. އެ ކުއްޖާގެ ލޮލަށް ލިބުނު އަނިޔާގެ ސަބަބުން، ވާތު ލޮލަށް ލޭ އެޅި ވަރަށް ބޮޑަށް އޮތީ ނިކުމެފައެވެ. މައްސަލައާއި ގުޅިގެން ޖެންޑާގެ ޓީމެއް ރަށަށް، ތަހުގީގަށްކަމަށް ބުނެ އައިސް ދިޔައީ ކަމަށް މައުލޫމާތު ލިިބެއެވެ.

ުއުމުރުން 21 ވަަރަކަށް އަހަރުގެ އެ އަންހެން މީހާ، ގެ ދެ ކުދިން ތިބެއެވެ. އަދި އެ ކުދިން އަނދަގޮޑި ޖަހާ ބަހައްޓާކަމަށް ވެއެވެ.

އެކި ގޮތްގޮތުން އެ މައްސަލައާއި ގުޅޭ ސުވާލު ކުރުމުން، ބައެއް މީހުން ބުނީ ރަށު މީހުންނަކީ މާ ބޮޑަށް އެކަހަލަ ކަންކަމާ އަޅާލާ ބައެއް ނޫން ކަމަށެވެ. އެހެން ނަމަވެސް، ރަށުގައި އޭނާ ކުދިންނަށް އަނިޔާ ކުރާކަން ނޭނގޭ މީހެއް ނުހުންނާނެ ކަމަށެވެ. 600 އެއްހާ އާބާދީއެއް އޮންނަ މާފަރުގައި، ފުލުހުންގެ އިދާރާއެއް ނުހުރެއެވެ.

ޖެންޑާ މިނިސްޓަރުކަމާއި، ޝިދާތާ ޝަރީފް ހަވާލުވީ ފަހުން މިފަދަ އެތައް މައްސަލައެއް ދަނީ ފެންމަތިވަމުންނެވެ. ގިނަ މައްސަލަތަކުގެ މައުލޫމާތު ލިބެނީ މީޑިއާތަކަށެވެ. ނަމަވެސް، އެފަދަ މައުލޫމާތުތައް ގިނަ ފަހަރަށް ދޮގުކޮށް މައުލޫމާތު ދިނުމަށް ދެކޮޅު ހަދައެވެ. މި އަހަރު ފެށުނުފަހުންވެސް ކުޑަ ކުދިންނަށް އަނިޔާ ކުރުމުގެ އެތައް މައްސަލައެއް ފެންމަތިވެއްޖެއެވެ. އެހެން ނަމަވެސް، އެޅުނު ފިޔަވަޅެއް މިހާތަނަށް ނެތެވެ.

ޖިންސީ ގޯނާގެ މައްސަލަތައް އެހާ ގިނައިރު، އޭގެއިން ކުއްޖަކަށް ލިބުނު އިންސާފެއް ވެސް ނެތެވެ.

އަނިޔާވެރި ގޮތަކަށް ވ. ރަކީދޫގައި މަރާލި ތިން އަހަރުގެ މުހައްމަދު އިބްތިހާލުގެ މަރުގެ މައްސަލައަށް 4 އަހަރުވެގެން ދިޔައީއެވެ. މިއަދާއި ހަމައަށް އެއްވެސް މީހަކަށް އެޅުނު ފިޔަވަޅެއް އަދި ލިބުނު އިންސާފެއް ނެތެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވަން ޖެހޭއިރު، ޖެންޑާ މިނިސްޓްރީއަށް އެއްވެސް ފިޔަވަޅެއް ނޭޅި އޮތުމަކީ ހިތާމަ ކުރަންޖެހޭ ކަމަކެވެ. މިނިސްޓްރީ މިއަދު ފެއިލްވެފައިވާއިރު، ކުޑަކުދިން އަނިޔާގެ ޝިކާރައަކަށްވެގެން ދާކަށް އެއްވެސް މީހަކު ބޭނުމެއް ނުވާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މަމްމައެއް ނޫން. މަންމަ. ޚަބަރު ލިޔާއިރު ރަނގަޅަށް ބަލާލުން ވަރަށް މުހިންމު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: