ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރު އަލީ ސަމީރު!

ހައި ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ސަމީރު: ފޮޓޯ ހައިކޯޓް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގައި ހިމެނޭ ހައި ކޯޓުގެ ފަނޑިޔާރުގެ މަޤާމަށް އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ސަމީރު އިންތިޚާބުކޮށްފިއެވެ.

ސަމީރު އެ މަޤާމަށް އިންތިޚާބު ކުރީ 11 ފަނޑިޔާރުންގެ އިއްތިފާޤުންނެވެ. ހައިކޯޓުން ވިދާޅުވީ (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް، ފަނޑިޔާރު އަލްއުސްތާޛު ޢަލީ ސަމީރު އިންތިޚާބުކޮށްފައިވަނީ އަންގާރަ ދުވަހުކަމަށެވެ.
ފަނޑިޔާރު އަލްއުސްތާޛު ޢަލީ ސަމީރު، ޖޭއެސްސީއަށް އިންތިޚާބު ކޮށްފައިވަނީ މީގެ ކުރިން އެ މަޤާމުގައި ހުންނެވި ފަނޑިޔާރު، އަލްއުސްތާޛު ޢަބްދުއްރައޫފު އިބްރާހިމް، 1 ޑިސެމްބަރު 2019 ވީ އާދިއްތަ ދުވަހު ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުން އިސްތިޢުފާ ދެއްވުމުންކަން ފާހަގަކޮށްލެވެއެވެ.

https://twitter.com/mvhighcourt/status/1201782771942735875?ref_src=twsrc%5Etfw%7Ctwcamp%5Etweetembed&ref_url=https%3A%2F%2Fraajje.mv%2F67091

ފަނޑިޔާރު ޢަލީ ސަމީރަކީ މިޞްރުގެ އަލްއަޒުހަރު ޔުނިވަރސިޓީ އިން ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލު ކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ ފަހުން މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން ކޮމްޕަރޭޓިވް ލޯވ އިން މާސްޓަރސް ޑިގްރީ ޙާޞިލު ކުރައްވާފައިވެއެވެ. އެމަނިކުފާނުވަނީ ޖިނާޢީ ކޯޓުގެ ސެކްރެޓެރީކަމާއި، މަދަނީ ކޯޓުގެ ސީނިއަރ އެޑްމިން އޮފިސަރުކަމާއި، މަދަނީ ކޯޓުގެ ޤާޟީކަމާއި، މަދަނީކޯޓުގެ އިސް ޤާޟީކަމާއި، ސިވިލްކޯޓުގެ އިސް ޤާޟީކަން އަދާކުރައްވާފައެވެ. އެމަނިކުފާނު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަނުކޮށް މަޤާމުގެ ހުވާ ކުރައްވާފައިވަނީ 2011 މާރޗް 26 ވަނަ ދުވަހުއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: