ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްތުވާތަކެތިން ރާއްޖެ ސަލާމަތްކުރުމަށް ސަރުކާރުން މަސައްކަތް ކުރާނަން: ނައިބް ރައީސް

މަސްތުވާތަކެތިން ރާއްޖެ ސަލާމަތްކުރުމަށް ސަރުކާރުން މަސައްކަތް ކުރާނަން: ފައިސަލް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންގެންދާނެ ކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އިންޑިއާއަށް ނައިބް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަނީ މަސްތުވާތަކެތީން ދުރުހެލިވުމަށް ފަރުވާދިނުމަށް އިންޑިއާގައި ގާއިމްކޮށްފައިވާ ”ބްލޮސަމްސް ކޮންވެލެސެންޓް ސެންޓާރ“ އަށް ޒިޔާރަތް ކުރައްވާފައެވެ. ބްލޮސަމްސް ކޮންވެލެސެންޓް ސެންޓަރަށް ފައިސަލް، ޒިޔާރަތްކުރެއްވުމުން އެމަނިކުފާނަށް މަރުހަބާ ދަންނަވާފައިވަނީ އެ ސެންޓަރުގެ ފައުންޑަރ އަދި ސީއީއޯ ސިސިލް ޖޯޖުގެ އިތުރުން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އާއި ނޭޝަނަލް ޑްރަގް އެޖެންސީގެ އިސްފަރާތްތަކުންނެވެ.

ސެންޓަރަށް ކުރެއްވި ޒިޔާރަތަށްފަހު ދެއްކެވި ވާހަކަފުޅުގައި ނައިބް ރައީސް ވަނީ، ރާއްޖެއަކީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެފައިވާ ގައުމަކަށް ހެދުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަން ފާހަގަކުރައްވާފައެވެ.

އެގޮތުން، މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ ރާއްޖޭގެ ޖަމިއްޔާތަކާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން އެމަނިކުފާން ފާހަގަކުރެއްވިއެވެ. އަދި މި މަސައްކަތުގައި މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކުގެ އާއިލާތަކާއި މުޖްތަމައުގެ އެއްބާރުލުން ލިބުމުގެ މުހިއްމުކަމުގެ މައްޗަށް ފައިސަލް ވަނީ ވާހަކަ ދައްކަވާފައެވެ.

‎ނަިއިބް ރައީސް ފައިސަލް ވިދާޅުވީ މަސްތުވާތަކެތީގެ ނުރައްކަލުން ދިވެހި މުޖްތައު ސަލާމަތްކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފަރުވާދެވޭ ފަރާތްތައް އަނބުރާ މުޖުތަމައުގެ ތެރެއަށް ނެރުމުގެ މަރުހަލާތައް އަވަސްކުރަންޖެހޭ ކަމަށެވެ.

‎ބްލޮސަމްސް ކޮންވެލެސެންޓް ސެންޓަރުގައި ގިނަ އަދަދެއްގެ ދިވެހިންނަށް ފަރުވާދެމުންދާކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ ރާއްޖެއިން މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރަމުންދާ މަސައްކަތަށް ދެމުންގެންދާ ޝުކުރު އަދާކުރާ ކަމަށެވެ. އަދި ދިވެހިންގެ ތެރެއިން މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކަށް އެ ސެންޓަރުން ވެދެމުންދާ އެހީތެރިކަން އެގޮތުގައި ކުރިޔަށް ގެންދެވުމަށް ފައިސަލް އެދިވަޑައިގެންނެވިއެވެ.

‎ބްލޮސަމްސް ކޮންވެލެސެންޓް ސެންޓަރަކީ 12 މަރުޙަލާއަކަށް ބަހާލައިގެން މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކަށް ފުޅާދާއިރާއެއްގައި ފަރުވާދޭ މަރުކަޒެކެވެ. އެގޮތުން މި މަރުކަޒުގެ ފަރުވާގެ ތެރެއިން ކަސްރަތާއި ސާފުތާހިރުކަމަށް އިސްކަންދިނުމާއި ޚާއްސަ ސަމާލުކަމެއެ ދެވެއެވެ. މި ސެންޓަރުގައި މިހާރުވެސް ގިނަ އަދަދެއްގެ ދިވެހިން މަސްތުވާތަކެއްޗަށް ފަރުވާ ހޯދަމުންދާކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: