ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭއެސްސީގެ މެމްބަރުކަމުން އަޅުގަނޑު ދުރުވުމަކީ މިވަގުތު ރާއްޖެއަށް ލިބޭނެ އެންމެ ބޮޑު ބޮނޑި: ރައީސް ނަޝީދު

ރައީސް ނަޝީދު މަޖިލީހުގެ ރިޔާސަތުގައި ވާހަކަދައްކަވަނީ: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު، ޖޭއެސްސީގެ މެމްބަރުކަމުން ދުރުވުމަކީ ރާއްޖެއަށް ލިބޭނެ އެންމެ ބޮޑު ބޮނޑިކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު މަޖިލީހުގައި ދެއްކެވި ބައެއް ވާހަކަތަކަށް ރައްދުދެއްވަމުންނެވެ. އާދަމް ޝަރީފް ވަނީ ޖޭއެސްސީގެ ނުފޫޒު ޝަރުޢީ ދާއިރާއަށް އޮތްކަން ފާހަގަކުރައްވާ އެކަން ރަނގަޅުކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ޖޭއެސްސީގައި ސިޔާސީ މީހުން ތިބުމަކީ ޤަބޫލުކުރައްވާ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އާދަމް ޝަރީފްވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހުސްނުއް ސުޢޫދު އައްޔަން ކުރާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ސުއޫދަކީ ސިޔާސީ ބޭފުޅެއް ކަމަށާ، ރައީސް ނަޝީދު ފިޔަވާ މި ރާއްޖޭގައި ހުރި އެންމެ ސިޔާސީ ފަރާތަކީ ސުއޫދުކަމަށް އޭނާ ވިދާޅުވިއެވެ. އާދަމް ޝަރީފް އެހެން ވިދާޅުވުމުން ރައީސް ނަޝީދުވަނީ އެމަނިކުފާނަކީ ސިޔާސީ މީހެއް ނޫންކަމަށްވެސް ވިދާޅުވެފައެވެ. އެކަމުގެ ޖަވާބުގައި އާދަމް ޝަރީފް ވަނީ ރައީސް ނަޝީދު ވަރުގެ ސިޔާސީ މީހެއް ނުހުންނާނެ ކަމަށް ވިދާޅުވެފައެވެ.

“ ރައީސް ނަޝީދުވަރުގެ ސިޔާސީ މީހެއް އަޅުގަނޑަކަށް ހިއެއް ނުވެ މި ރާއްޖޭގައި ފަހުގެ ތާރީހުގައި އުފެދުނު ހެންނެއް. ހަމައެވަރުގެ ބޭފުޅެއް ހުސްނުއް ސުޢޫދަކީ. އެހެންވީމަ އަޅުގަނޑުމެންގެ ކަންބޮޑުވުން އެބަ އުފެދޭ އުއްތަމަ ފަނޑިޔާރުގެ ދަށުގަ މަސައްކަތްކުރައްވާނެ ސުޕްރީމް ކޯޓުގެފަނޑިޔާރަކަށް ހުސްނުއް ސުޢޫދު ވާތީ“

އާދަމް ޝަރީފް މަޖިލީހުގައި ވާހަކަދައްކަވަނީ

ސުޕްރީމް ކޯޓަކީ ޝަރުޢީ ނިޒާމްގެ އެންމެ ފަހު ބަސް ބުނާ މަރުހަލާ ކަމަށް ވާއިރު އެ މަރުހަލާއަށް ރަނގަޅު މީހުން އައްޔަން ކުރުމަކީ މުހިއްމުކަމެއްކަން އެނާ ވަނީ ފާހަގަކުރައްވާފައެވެ. ސުޕްރީމް ކޯޓަށް މީހަކު އައްޔަން ކުރާ އިރު އެ މީހާގެ ޒިންމާދާރުކަމާއި، އެ މީހާގެ މަސައްކަތްކުރާ ގޮތަށް ވިސްނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އާދަމް ޝަރީފްވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހުސްނުއް ސުޢޫދަށް ވުރެ ޤާބިލް ފަރާތެއް ނެތީތޯ ސުވާލު އުފައްދަވާފައެވެ.

ހުސްނުއް ސުޢޫދަކީ ޤާބިލް މީހެއްކަމަށާ، އެހެންނަމަވެސް ސުޕްރީމް ކޯޓަށް އަންނަންވާނީ ސިޔާސީ ނޫން ”ގިނަވެގެން“ ނޫޅޭ ފަރާތެއްކަމަށް އޭނާ ވިދާޅުވިއެވެ. އާދަމް ޝަރީފް ވަނީ ހުސްނުއް ސުޢޫދަކީ ސިޔާސީ މަޤާމެއް އަދާކުރަން ޤާބިލް މީހެއްކަމަށާ، ސުޕްރީމް ކޯޓަށް އޭނާ އައްޔަންކުރުން ރަނގަޅު ނޫންކަމަށް ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: