ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ މަޖިލީހާއި، އިންޑިއާގެ ލޯކްސަބާ އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރަން ފާސްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހާއި، އިންޑިއާގެ ލޯކްސަބާ މަޖިލީހާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރަން ފާސްކޮށްފިއެވެ.

އެ އެއްބަސްވުމުގައި ސޮއިކުރަން ނިންމީ 68  މެމްބަރުންގެ ވޯޓާއި އެކުއެވެ. އެކަމާއި ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓުދެއްވާފައެއް ނުވެއެވެ. އެފަދަ އެއްބަސްވުމެއްގައި ސޮއިކުރަން ހަމަޖެހިފައިވާކަން ހާމަކުރެއްވީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ވަފުދެއް ޑިސެމްބަރު މަހުގެ 9އިން 13އަށް ނިޔަލަށް އިންޑިއާއަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށާ، އެ ދަތުރުގެ ތެރެއިން ދެ ގައުމުގެ މަޖިލީހުގެ ދެމެދުގައި އެއްބަސްވުމެއް ސޮއިކުރާނެކަމަށެވެ.

އެ އެއްބަސްވުމުގައި، މަޖިލީހާއި، އިންޑިއާގެ މަޖިލީހާއި ދެމެދު ގުޅުން ބަދަހި ކުރުމާއި، ދެ ގައުމުގެ ދެމެދުގައި އޮތް، ބަރުލަމާނީ ގުޅުން ރަނގަޅުކުރުމާއި، މަޖިލީހުގެ އިދާރާ ހިންގުން ހަރުދަނާ ކުރުން ހިމެނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން އިދާރީ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ތަމްރީން ދިނުމަށް އިންޑިއާގެ ފަރާތުން އެހީތެރިކަން ހޯދުމަށް އެ އެއްބަސްވުމުން މަގުފަހިވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ހަމައެހެންމެ މައުލޫމާތު ބަދަލުކުރުން ފަދަ ކަންކަމަށް އެ އެއްބަސްވުމުން ބާރު ލިބިގެންދެއެވެ.

އެ އެއްބަސްވުން މަޖިލީހުގެ އާއްމު ކޮމިޓީއަށް ވަނީ ހުށަހަޅާފައެވެ. 5 ޑިސެމްބަރުގައި އެ އެއްބަސްވުން އާއްމު ކޮމިޓީއަށް ފޮނުވުމުން، އެ އެއްބަސްވުން 5 ޑިސެމްބަރުވަނަ ދުވަހު އެ އެއްބަސްވުން ފާސްކޮށްފައިވާކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: