ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަމީމަށް ރައީސް މައުމޫންގެ ތައުރީފް: ފުރިހަމައަށް އިތުބާރު އެބައޮތް!

ޝަމީމްއަށް ރައީސް މައުމޫންގެ ތައުރީފް -ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުސްވެފައިވާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ މަގާމަށް ކުރީގެ ޑެޕިއުޓީ ޕީޖީ ހުސައިން ޝަމީމް އައްޔަންވެގެން ދިއުމަކީ ލިބިގެން ދިޔަ އުފަލެއް ކަމަށާއި، އެއީ އެ މަގާމަށް އެންމެ ގާބިލު ބޭފުޅާކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީޖީގެ މަގާމަށް ޝަމީމް ގެނައުމަށް ރައްޔިތުންގެ މަޖިލީސް ފާސްކޮށްފައިވަނީ ބޮޑު އަގުލަބިއްޔަތަކުންނެވެ.

ޝަމީމްއަށް ތައުރީމް ކުރައްވައި ރައީސް މައުމޫން ކުރައްވާފައިވާ ޓްވީޓުގައި ވިދާޅުވީ ޝަމީމަކީ ޕީޖީގެ މަގާމަށް އެންމެ އެކަށީގެންވާ ބޭފުޅާ ކަމަށެވެ. އަދި ޝަރުއީ ނިޒާމް އިސްލާހު ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ވަގުތެއްގައި ޝަމީމް، ޕީޖީގެ މަގާމަށް ގެނައުމަށް ނިންމެވި ނިންމެވުމަށް މަރުހަބާ ދަންނަވާކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

ޝަމީމްއަށް މަރުހަބާ ދަންނަވާ ރައީސް މައުމޫން ޓްވީޓު ކުރެއްވިއިރު، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސުޕްރީމް ކޮޓުން ނެރުނު އަމުރާއި ގުޅިގެން ރައީސް މައުމޫން ހައްޔަރު ކުރުމުން އެމަނިކުފާނުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވީ ޝަމީމެވެ. އޭގެ އިތުރުން، ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަދި ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫންގެ ގާނޫނީ ޓީމުގައި ވެސް ޝަމީމް މަސައްކަތް ކުރެއްވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ސުޕްރީމް ކޯޓުން ނެރުނު ބޮޑު އަމުރާއި ގުޅިގެން ރައީސް މައުމޫން ހައްޔަރުުކުރެއްވުމާއި ގުޅިގެން އެމަނިކުފާނުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވީ ހުސައިން ޝަމީމެވެ. އެދުވަސްވަރު ރައީސް މައުމޫންގެ ފަރާތްޕުޅުން މީޑިއާގައި މައުލޫމާތު ދެއްވަމުން ގެންދެވީވެސް ޝަމީމެވެ.

ަޝަމީމް ރައީސް މައުމޫންގެ ވަކީލުކަން ކުރެއްވިއިރު، އެންމެ ބޮޑަށް މީޑިއާގައި ދެކެވިގެން ދިޔަ ވާހަކަތަކަކީ ވަކީލުންގެ ބައްދަލުވުންތަކުގައި ޝަމީމާއި ރައީސް މައުމޫން އަރަބި ބަހުން ވާހަކަ ދެއްކެވުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: