ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”އިދިކޮޅުން ރައީސްއާއި އެކު ކުރި މޝްވަރާ ހާމަކުރަނީ އެއްބަސްވުމެއްގެ ދަށުން“

ރައީސް ޔާމީންގެ ޝަރީއަތުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް ޔާމިންގެ މައްސަލައާއި ގުޅިގެން ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްއާއި އެކު ކުރި މަޝްވަރާތައް އާއްމުކުރަން ހަމަޖެހިފައިވަނީ ދެފަރާތުންވާ އެއްބަސްވުމެއްގެ ދަށުންކަމަށް ޕީޕީއެމްގެ ނައިބު ރައީސް މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

ސަންގުން ވަނީ ރައީސް ސާލިހުއާއި ބައްދަލުކޮށް ދެކެވުނު ވާހަކަތަކުން ނަތީޖާ ނެރެވިދާނެކަމަށް ޤަބޫލުކުރެވޭތޯ މުންދުއާއި ސުވާލުކޮށްފައެވެ. ޖަވާބުގައި މުންދު ވިދާޅުވީ އެ މައުލޫމާތު ހާމަކުރާނެ ތާރީޙެއް އަދި ނޭނގޭ ކަމަށާ އެ މައުލޫމާތު ހާމަކުރާނީ ދެ ފަރާތުން އެއްބަސްވާ ގޮތެއްގެ މަތިންކަމަށެވެ. ކުރީގެ ރައީސް ޔާމިންގެ މައްސަލައާއި ގުޅިގެން ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްއާއި ބައްދަލު ކުރެއްވުމެއް ބޭއްވީ މި މަހުގެ 8ވަނަ ދުވަހުއެވެ.

ރައީސް ސޯލިހުއާއި ބައްދަލުކުރެއްވުމަށް ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕްއާއި ޕާލިމެންޓްރީ ގުރޫޕް ގޮސްފައިވެއެވެ. މި ބައްދަލުކުރުމުގައި ރައީސް ޔާމިން މިނިވަން ކުރުމަށް މަޝްވަރާ ކުރެއްވި ކަމަށް މައުލޫމާތު ލިބެއެވެ. މަނީލޯންޑަރިންގެ ކުށް ސާބިތުވެ ރައީސް ޔާމިން ވަނީ 5 އަހަރަށް ޖަލަށްލާފައެވެ. އެމަނިކުފާނަށް ކޮށްފައިވަނީ ސިޔާސީ ހުކުމެއް ކަމަށާއި އެ ހުކުމަކީ ޤާނޫނާއި ޚިލާފު ހުކުމެއް ކަމަށް އިދިކޮޅުން ބުނެއެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑް ކޮށް ފަސް ގާޒީންގެ ބެންޗުން ހުކުމް ކޮށްފައި ވަނީ ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށެވެ. އޭގެ އިތުރުން ލޯންޑާ ކުރިކަމަށް ސާބިތުވި އެއް މިލިއަން ޑޮލަރުގެ ފަސް ގުނަ، ފަސް މިލިއަން ޑޮލަރު ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ކޯޓުން ވަނީ ރައީސް ޔާމީންގެ މައްޗަށް ހުކުމްކޮށްފައެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރ ކުރުމުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު ގިނަ ނުކުތާތަކެއް ފަސް ފަނޑިޔާރުންގެ ބެންޗުން ވަނީ ފާހަގަ ކޮށްފައެވެ.

އެގޮތުން ޝަރީޢަތުން ފާހަގަ ކޮށްފައިވާ ގޮތުގައި އެމްއެމްއެމްޕީއާރުސީ ހިޔާނާތުގެ ތެރެއިން ގެއްލުނު ފައިސާ ހޯދަންޖެހޭ ކަމާއި، ރައީސް ޔާމީންގެ އެކައުންޓަށް ޖުމްލަ އެއް މިލިއަން ޑޮލަރު އެސްއޯއެފްގެ ޗެކަކުން ފައިސާ ޖަމާކޮށްފައިވާކަމަށެވެ.އަދި އެ ފައިސާއިން މަންފާ ހޯދުމަށް އެމްއައިބީގައި އޮންނަ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަށް ޓްރާންސްފާ ކޮށްފައިވާކަން ޝަރީޢަތުން ވަނީ ފާހަގަ ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: