ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަނޑިޔާރު ޝުޖާއަށް މަރުގެ އިންޒާރުދިން މީހާ ހައްޔަރުކޮށްފި

ފަނޑިޔާރު ޝުޖާއަށް މަރުގެ އިންޒާރުދިން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
ޝެއާރކޮށްލާ ކަހަލަދޯ؟

ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނަށް އިއްޔެ މީހަކު ހަމަލާދޭން މަސައްކަތްކޮށް، މަރުގެ އިންޒާރު ދިން ކަމުގު ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

އިސް ފަނޑިޔާރު ޝުޖާއު އަށް މަރުގެ އިންޒާރު ދިނީ އޭނާ ކ. މާފުށީގައި ހުންނަވަނިކޮށެވެ. ކެފޭއެއްގައި ހުންނަވަނިކޮށް މީހަކު ގޮސް މަރުގެ އިންޒާރު ދިނީ ގޮނޑިއަކުން ޝުޖާއުއަށް ހަމަލާދޭން މަސައްކަތް ކުރުމަށް ފަހުއެވެ.

އެ މައްސަލައާއި ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހައްޔަރުކޮށްފައިވަނީ އުމުރުން 50 އަހަރު މީހެއް ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދުގެ ހެނދުނު ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެ މައްސަލަ ބަލާ ފިޔަވަޅު އަޅައިދިނުމަށް ސިޓީއަކުން ރޭގެ ވަގުތެއްގައި ފުލުހުންގެ އިދާރާގައި އެދިފައިވަނީ ހައިކޯޓުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: