ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސް ފަނޑިޔާރު ޝުޖާއުއަށް ހަމަލާ ދިން މީހާ ޝަރުތުތަކަކާއި އެކު ދޫކޮލައިފި

ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާއު އުސްމާނު
ޝެއާރކޮށްލާ ކަހަލަދޯ؟

ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނަށް ހަމަލާދޭން މަސައްކަތްކޮށް، މަރުގެ އިންޒާރު ދިން ކަމުގު ތުހުމަތުގައި ޙައްޔަރު ކުރި މީހާއަށް ޝަރުތުތަކެއް ކުރުމަށްފަހު ދޫކޮށްލައިފިއެވެ.

އިސް ފަނޑިޔާރު ޝުޖާއު އަށް މަރުގެ އިންޒާރު ދިނީ އޭނާ ކ. މާފުށީގައި ހުންނަވަނިކޮށެވެ. ކެފޭއެއްގައި ހުންނަވަނިކޮށް މީހަކު ގޮސް މަރުގެ އިންޒާރު ދިނީ ގޮނޑިއަކުން ޝުޖާއުއަށް ހަމަލާދޭން މަސައްކަތް ކުރުމަށް ފަހުއެވެ.

އެ މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 50 އަހަރު މީހެއް ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްށްފައިވަނީ ކޯޓު އަމުރރެްގެ ދަށުން މިއަދު ހެނދުނުއެވެ.

ހައްޔަރު ކުރި މީހާގެ ބަންދަށް ކޯޓަށް ހާޒިރު ކުރުމުން އޭނާ ދޫކޮށްލާފައިވަނީ ކ. ހުރާ މެޖިސްޓްރޭޓު ކޯޓުންނެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އޭނާ ދޫކޮށްލާފައިވަނީ ޝަރުތުތަކަކާއި އެކު ކަމަށެވެ. އެހެން ނަމަވެސް ޝަރުތުތަކަކީ ކޮބައިކަމެއް ހާމަކޮށްފައި ނުވެއެވެ.

އެ މައްސަލަ ބަލާ ފިޔަވަޅު އަޅައިދިނުމަށް ސިޓީއަކުން ރޭގެ ވަގުތެއްގައި ފުލުހުންގެ އިދާރާގައި އެދިފައިވަނީ ހައިކޯޓުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: