ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑުރަގު ޚިދުމަތްދޭ އިތުރު ދެ ގެއެއް! 21 މީހަކު ހައްޔަރުކޮށްފި!

ޑްރަގްގެ ހިދުމަތް ދެމުން ދިޔަ އެވަރެސްޓް ގެއިން ފުލުހުން ބަޔަކު ހައްޔަރުކޮށްފައި -- ފޮޓޯ: ޕޮލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މިހާރު މާލޭގައި ކުރިއަށް ގެންދާ އޮޕަރޭޝަނުގައި އިއްޔެ ދެ ގެއެއް ބަލައި ފާސްކޮށް، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެއްޗާއެކު 21 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން އިއްޔެ ރެއިޑް ކޮށްފައި ވަނީ މާފަންނުގައި ހުންނަ އެވަރެސްޓް އާގެ އާއި ޏަމްޏަމްގެ ކަމަށެވެ.

ފުލުހުން ބުނީ އެވަރެސްޓް އާގެއިން 11 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެހި އަންހެނުންނާއި، އަށް ދިވެހި ފިރިހެނުންނާއި ބަންގްލަދޭޝްގެ ފިރިހެނެކެވެ.

ޏަމްޏަމް ގެއިން ދިވެހި އަންހެނަކާއި ނުވަ ދިވެހި ފިރިހެނުންނާއެކު ޖުމްލަ 10 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މަސްތުވުމުގެ ޚިދުމަތް ދެމުން ދަނިކޮށް ފުލުހުން ފާސްކުރި ގެއެއް – ފޮޓޯ: ޕޮލިސް

އެމީހުންގެ ތެރެއިން ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މަސްތުވާތަކެތި ބޭނުންކުރަން ތިއްބައި ކަމަށާއި އަދި އެ ގެތައް ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ކެފޭ ހިންގާ އުސޫލުން މަސްތުވާތަކެތީގެ ”ޚިދުމަތް“ ދޭ ގެތައް ބަލައި ފާސްކުރުމަށް ފުލުހުން ފަށާފައިވާ ޚާއްސަ އޮޕަރޭޝަންގައި 7 ގެއެއް ބަލާފާސްކޮށްފައިވާއިރު 50 މީހުން ވަނީ ހައްޔަރުކޮށްފައެވެ.

އެގެއިން ހައްޔަރުކުރި ދެމީހަކު ދޫކޮށްލާފައި ވާއިރު، ދެ ފިރިހެނުންނާއި ދެ ކުޑަކުދިންގެ ބަންދަށް 10 ދުވަސް އަދި ޝަރުތުތަކާއެކު އަނެއް ދެ ކުދިން ގޭ ބަންދުގައި ބައިތިއްބަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

މަސްތުވުމުގެ ޚިދުމަތް ދެމުން ދަނިކޮށް ފުލުހުން ފާސްކުރި ގެއެއް – ފޮޓޯ: ޕޮލިސް

ފުލުހުން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނީ މިއި ގެތަކުގެ ވެރިފަރާތް ނުވަތަ ކުއްޔަށް ހިފާފައިވާ ފަރާތުގެ ރުހުމާއެކުގައި މާލީ މަންފާ ހޯދުމުގެ ނިޔަތުގައި ކުރާ ކަމެއްކަމަށެވެ. މި އޮޕަރޭޝަންތަކަކީ ގެ ތަކުގެ ވެރިފަރާތް ނުވަތަ ކުއްޔަށް ހިފާފައިވާ ފަރާތް ޒިންމާދާރު ކުރުމަށް ނުވަތަ ޖިނާއީ ތަހުގީގެއް ހިންގައި އެ ފަރާތްތަކާއިމެދު ފިޔަވަޅު އެޅުމަށްޓަކައި، ހިންގޭ އޮޕަރޭޝަން ތަކެއްކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

ފުލުހުން ބުނީ މި ގެ ތަކަކީ ތަކުރާރުކޮށް މިފަދަ މައްސަލަތަކުގައި ބަލާ ފާސްކުރެވިފައިވާ ގެތަކެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: