ރާއްޖޭގެ ބާޒާރުގައި މަޝްހޫރު އަލްމުދިޝް ހިކިކިރުގެ ހާއްސަ ޕްރޮމޯޝަނެއް އަލްމުދިޝްގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ ސިބްކޯއިން ފަށައިފިއެވެ.
އަލްމުދިޝް ޕްރޮމޯޝަނާއި ގުޅޭގޮތުން މައުލޫމާތު ދެމުން ސިބްކޯއިން ބުނެފައިވަނީ 800 ގްރާމްގެ ދެ ޕެކެޓް ބައްލަވައިގަތުމުން 400 ގްރާމްގެ އަލްމުދިޝް ހިކި ކިރު ޕެކެޓެއް ހިލޭ ލިބޭނެއެވެ.
މި ޕްރޮމޯޝަން ކުރިޔަށް ގެންދަނީ އިތުބާރާއި އެކު އަލްމުދިޝްގެ ރަހަ، އެއް ކޮލިޓީއެއްގައި އާއްމުންނާއި ހަމައަށް ގެނެސްދޭތާ 30 އަހަރު ފުރުން ފާހަގަ ކުރުމަށެވެ. މި ކިރަކީ ކުޑަކުދިން އަދި ބޮޑެތި މީހުންގެ ހަށިގަނޑަށް ވެސް ފައިދާކުރުވަނީ މާއްދާތައް އެކުލެވޭގޮތަށް ތައްޔާރުކޮށްފައިވާ ހިކި ކިރެކެވެ.
ޕްރޮމޯޝަނާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ސިބްކޯގެ މެނޭޖަރު މާކެޓިން އެންޑް ކޮމިއުނިކޭޝަންސް އަހްމަދު ހާނީ ނައީމް ވިދާޅުވީ މި ޕްރޮމޯޝަން އަންނަ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ދާނެ ކަމަށެވެ. އަލްމުދިޝްއަކީ ދިވެހިންގެ މެދުގައި މަގުބޫލު ކިރެއްކަން ފާހަގަކުރައްވާ ހާނީ ވިދާޅުވީ މިއީ ކަސްޓަމްރުންނަށް ފަސޭހަތަކެއް ލިބިގެންދާނެ ޕްރޮމޯޝަނެއްކަން ފާހަގަކުރައްވާފައެވެ.
ސިބްކޯ އަކީ ރާއްޖޭގެ ބާޒާރުގައި މަޝްހޫރު އަލްމުދިޝް ހިކިކިރާއި އަލްމުދިޝް ޓޮމާޓޯ ޕޭސްޓް، ފަލަކް ބާސްމަތީ ހަނޑޫ، ކުޑަކުދިންނަށް ހާއްސަ ނެޕީއެއް ކަމުގައިވާ މަމީ ޕޮކޯ ޕޭންޓްސް، ޑިއުރަސެލް ބެޓަރި އާއި ޓެޓްލީ ޓީ ފަދަ ބްރޭންޑްތަކުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ.
ސިބްކޯ އިން ގެންނަ މުދާ މުޅި ރާއްޖެ އަށް ފޯރުކޮށްދިނުމަށް އެ ކުންފުނިން މަސައްކަތް ކުރަމުން އަންނައިރު، ސިބްކޯގެ އައުޓްލެޓެއް އައްޑޫ އާއި ފުވައްމުލަކުގައި ވަނީ ހުޅުވާފަ އެވެ.

