ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

13 އަހަރުގެ ކުއްޖާގެ މައްސަލާގައި ހައްމާދުގެ މައްޗަށް ދައުވާ އުފުލައިފި

ކުޑަ ކުއްޖާގެ މައްސަލައިގައި ދައުވާ އުފުލި ހައްމާދު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އުމުރުން 13 އަހަރުގެ ކުއްޖަކު ބަލިވެ އިނދެ، ވިހޭ މައްސަލާގައި ހައްޔަރުކުރި ރ. މަޑުއްވަރީ އިސްމާއީލް ހައްމާދުގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

ހައްމާދު ހައްޔަރުކޮށްފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުއެވެ. އޭނާ ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ގެންދިއުމުން އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިދީފައެވެ. އެ މުއްދަތު ހަމަވާތީ ކޯޓަށް ހާޒިރުކުރުމުން އިތުރު 15 ދުވަހަށް ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުުރު ދީފައެވެ.

ޕީޖީ އޮފީހުން  ބުނީ ހައްމާދުގެ މައްޗަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ބުދަ ދުވަހު މައްސަލަ ފޮނުވާފައިވާ ކަމަށެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ދައުވާ އެވެ. މި ދައުވާ ސާބިތުވެއްޖެނަމަ ދިގު މުއްދަތުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ހައްމާދު ހައްޔަރުކޮށްފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުއެވެ. އޭނާ ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ގެންދިއުމުން އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިދީފައެވެ. އެ މުއްދަތު ހަމަވާތީ ކޯޓަށް ހާޒިރުކުރުމުން އިތުރު 15 ދުވަހަށް ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުުރު ދީފައެވެ.

ފު؛ުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕޮރެޓެކްޝަން ޑިޕާޓްމަންޓުގެ ފަރާތުން ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ހަނީފް ވިދާޅުވީ ހައްމާދު ހައްޔަރު ކޮށްފައި ވަނީ 13 އަހަރުގެ ކުއްޖާ ބަލިވެ އިން މައްސަލާގައި ކަމަށެވެ. އަދި އެ މައްސަލާގައި މިހާރު 14 ފަރާތަކާ ސުވާލުކޮށް ފޮރެންސިކް ހެކިތައް ހޯދާފައިވާއިރު، ހައްމާދުގެ ޑީއެންއޭއާއި 13 އަހަރުގެ ކުއްޖާ ވިހި ތުއްތު ކުއްޖާގެ ޑީއެންއޭއާ ދިމާވާ ކަމަށެވެ.

ހަނީފް ވިދާޅުވީ ޗައިލްޑް ޕޮރެޓެކްޝަން ޑިޕާޓްމަންޓުން ބަލަމުން ދަނީ ކުޑަކުދިން ދީނުގެ ނަމުގައި ހަރުކަށި ފިކުރުގެ ވިސްނުން ގެންގުޅެމުންދާ އާއިލާއަކުން ކުދިންތަކެއް އަސާސީ ހައްގުން މަހުރޫމްކޮށްފައިވާ މައްސަލައާއި އެ އާއިލާގެ ކުއްޖަކު ވިހާފައިވާ މައްސަލަ ކަަމަށެވެ. އެ މައްސަލަތަކާ ގުޅިގެން ކަމާ ބެހޭ މުއައްސަސާތަކާ ގުޅިގެން ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށް ހަނީފް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: