ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޓީ ތަކުން އަންހެނުނަށް ޚާއްސަކުރާ ދާއިރާތައް ކަނޑައަޅައިފި

ގުރު ނެގުމުގެ ރަސްމީއްޔާތުގެ ތެރެއިން: ފޮޓޯ އީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރުގެ އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވުމަށް ހަމަޖެހިފައިވާ  ލޯކަލް ކައުންސިލް އިންތިޚާބުގައި ސިޓީތަކުގައި އަންހެނުނަށް ޚާއްސަކުރާނެ ދާއިރާތައް ގުރުއަތުން ކަނޑައަޅައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ރޭ ބޭއްވި ރަސްމިއްޔާތެއްގައި އަންހެނުންނަށް ހާއްސަވާ ދާއިރާތައް ކަނޑައަޅާފައި ވަނީ ދާއިރާތަކަށް ނަން ދިނުމުގެ ބަދަލުގައި އެ ދާއިރާއަކަށް ނަމްބަރެއް ދީފަ އެވެ.

ސިޓީ ކައުންސިލްތަކުގައި އަންހެން މެމްބަރުން އެކަނި ވާދަކުރާނޭ ދާއިރާތައް ކަނޑައެޅުމަށް ބާ ޖަމާލުއްދީންގައި ބޭއްވި ގުރުއަތުލުން އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންދިޔައީ ސިޔާސީ ޕާޓީތަކުގެ އޮފިޝަލުންގެ ހާޒިރުގައެވެ. މާލެ ސިޓީގައި 18 ދާއިރާއަކަށް ކައުންސިލަރުން އިންތިޚާބު ކުރަންޖެހެއެވެ. އޭގެ ތެރެއިން 33 ޕަސެންޓް އަންހެނުނަށް ޚާއްސަކުރުމުން 6 ދާއިރާއެއް އަންހެނުނަށް އެކަނި ކުރިމަތިލުމަށް ކަނޑައަޅަންޖެހެއެވެ. 

މާލެއިން އަންހެނުންނަށް ހާއްސަ ދާއިރާތައް

ހެންވޭރުގެ ބައެއް – 4، 2
މައްޗަންގޮޅީގެ ބައެއް – 9
މާފަންނުގެ ބައެއް – 12، 14
ވިލިމާލެ – 18

އައްޑޫއިން އަންހެނުންނަށް ހާއްސަ ދާއިރާތައް

ހިތަދޫގެ ބައެއް – 3
ފޭދޫގެ ބައެއް – 6
ހުޅުދޫގެ ބައެއް – 18
މީދޫގެ ބައެއް – 12

ފުވަމުލަކުން އަންހެނުންނަށް ހާއްސަ ދާއިރާތައް

ދަޑިމަގާއި ދިގުވާނޑުގެ ބައެއް – 1
ފުނާޑުގެ ބައެއް – 4

އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި 980 ކައުންސިލަރުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރެއިން ރަށު ކައުންސިލްތަކަށް 372 އަންހެން ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: