ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލްތަކުން ހިލޭ އެހީއާއި ބަޖެޓް ތަންފީޒް ކުރާނެ އުސޫލް ކަނޑައަޅައިފި

ވިޔަވަތި ރާއްޖެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކައުންސިލްތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލް ފިނޭންސް މިނިސްޓްރީން ކަނޑައަޅައިފިއެވެ. 

މި އުސޫލުގެ މަޤްޞަދަކީ،  ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު އާއި،  ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު ގައިވާ އިޖުރާއަތުތައް ފުރިހަމަވާ ގޮތަށް ދައުލަތުގެ ބަޖެޓުން ފިސްކަލް ފޯމިއުލާ ބޭނުންކޮށްގެން ކައުންސިލްތަކަށް ދޭ ހިލޭ އެހީ ކަނޑައަޅާނެ ގޮތާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރާނެ ގޮތާއި، ބަޖެޓުން ޚަރަދުކުރުމުގައި ޢަމަލުކުރާނެ ގޮތް ބަޔާންކުރުމާއި، ކައުންސިލްތަކުގެ މާލީ ހިސާބުތައް މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ބެލެހެއްޓުމުގައި، ކައުންސިލްތަކުންނާއި، ދައުލަތުގެ އޮފީސްތަކުން ޢަމަލުކުރާނެ ގޮތް ކަނޑައެޅުމެވެ.

ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ދޭ ހިލޭ އެހީ ބެހިގެންވަނީ..

1،  ދައުލަތުގެ އޮފީސްތަކަށް ލިބޭ ޖުމުލަ އާމްދަނީގެ %5 ފަހެއް އިންސައްތަ

2،  ބިމާއި، ރަށްރަށާއި، ފަޅާއި, ފަރު ފަދަ ތަންތަނުން ކުލީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީގެ %40

3  ދައުލަތުގެ އޮފީސްތަކަށް ލިބޭ ޖުމުލަ އާމްދަނީކަމުގައި ބަލާނީ، ދައުލަތުގެ ޖުމުލަ އާމްދަނީން ވަކި ކަމަކަށް ކަނޑައަޅައިފައިވާ އާމްދަނީއާއި، އެ އަހަރު އާމްދަނީ އިތުރުކުރުމަށް ހުށަހަޅާ އައު ކަންކަމުން ލިބޭނެކަމަށް ލަފާކުރާ އާމްދަނީއާއި، ބިމާއި، ރަށްރަށާއި، ފަޅާއި، ފަރު ފަދަ ތަންތަނުން ކުލީގެ ގޮތުގައި ލިބޭ އާމްދަނީ އުނިކުރުމުން އަންނަ އަދަދެވެ.

އުސޫލްގައި ބުނެފައިވާ ގޮތުގައި ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާ، ކައުންސިލްތަކާ ހަވާލުކުރާ ތާރީޚުން ފެށިގެން ގިނަވެގެން 30 ދުވަހުގެ ތެރޭގައި، އެ ފައިސާގެ ޖުމުލަ އަދަދުގެ މަދުވެގެން %5 (ފަހެއް އިންސައްތަ) އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މަސްއޫލިއްޔަތުތައް ތަންފީޛުކުރުމަށްޓަކައި އެ ކޮމިޓީއާ ހަވާލުކުރަންވާނެއެވެ. އަދި ކައުންސިލްތަކުން އެ ފައިސާ އެ ކައުންސިލެއްގެ ބަޖެޓުގައި ހިމަނަންވާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: