ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނުދައްކާހުރި ފެން ބިލްތައް ބަހާލައިގެން ދެއްކޭނެ އިންތިޒާމުތައް ހަމަޖައްސާ، ކަސްޓަމަރުންގެ ޖޫރިމަނާތައް މައާފު ކުރަނީ!

ނުދައްކާހުރި ފެން ބިލްތައް ބަހާލައިގެން ދެއްކޭނެ އިންތިޒާމުތައް ހަމަޖައްސާ، ކަސްޓަމަރުންގެ ޖޫރިމަނާތައް މައާފު ކުރަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ބިލްތަކަށް ފައިސާ ނުދެއްކި ގިނަ ދުވަސްވެފައިވާ ފަރާތްތަކަށް ބޮޑު ލުޔެއް ދޭން ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިއުއެސްސީން ނިންމާއެކަން އިއުލާނުކޮށްފިއެވެ.

އެމްޑަބްލިއުއެސްސީން ނޫސްވެރިންނަށް ބޭއްވި ބައްދަލުވުމެއްގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ ބިލަށް ފައިސާ ނުދެއްކި ގިނަ އަދަދެއްގެ ބަޔަކު އެބަތިބި ކަމަށެވެ.

ނަމަވެސް އެއްވެސް ރައްޔިތަކީ ދަރަންޏެއް މަތީގައި ހުންނަ ރައްޔިތަކަށް ނުވުމަށް ނުދެއްކި ހުރި ބިލްތަކަށް ލުޔެއް ދިނުމަށް ނިންމާފައިވާކަމަށް އާޒިމް ވިދާޅުވިއެވެ. މެނޭޖްމަންޓާއި ކުންފުނީގެ ބޯޑުން މަޝްވަރާކޮށް ގެނައި އެ ބަދަލާއި ގުޅޭގޮތުން އާޒިމް ވިދާޅުވީ އެބްޑަބްލިއުއެސްސީން ބޭނުންވަނީ، ކުންފުންޏަކީ އަބަދުވެސް ރައްޔިތުންނަށް ހުރިހާ ގޮތަކުން ވެސް އެންމެ ލުއިކޮށް ކަންތައްތައްކޮށްދޭ ކުންފުނީގެ ގޮތުގައި ހެދުން ކަމަށެވެ.

އާޒިމް ފާހަގަކުރެއްވިގޮތުން ގަވައިދުން ބިލް ނުދެއްކި 13،894 ކަސްޓަމަރުން އެބަތިއްބެވެ. އެހެންކަމުން ޑޮމެސްޓިކާއި، ކޮމާޝަލް ހިމަނައިގެން އެކުންފުންޏަށް ނުލިބިވާ ފައިސާ 131 މިލިއަން ރުފިޔާއަށް އަރާ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި 16 ޖޫން 2020 ގެ ކުރިން އެ ކުންފުންޏާ ވާހަކަ ދައްކާ ފަރާތްތަކަށް ލުއި ގޮތްތަކެއް ހަމަޖައްސައިދޭން ނިންމާފަކަމަށް އޭނާ ވިދާޅުވިއެވެ

”އެ ބޭފުޅުން 16 ޖޫން 2020 ގެ ކުރިން އަޅުގަނޑުމެންނާ ބައްދަލުކޮށް، ބިލު ދެއްކުމުގައި ހުރި ދަތިތައް ހިއްސާކޮށްދެއްވުމުން ލުއި ގޮތެއް ފަހިކޮށްދޭނަން. ނުދައްކާ ހުރި ފެން ބިލުގައި މި އޮންނަނީ ފެނަށް އަރާ މިންވަރާއި، ޖޫރިމަނާ އަރާ މިންވަރު. ފެނަށް އެރި މިންވަރު އެ ދުވަހުގެ ކުރިން އެއްކޮށް ދައްކައިފިއްޔާ ޖޫރިމަނާ އެއްކޮށް މައާފު ކުރާނަން.“ އާޒިމް

އާޒިމް ވިދާޅުވީ، ކުންފުނިން ކަނޑައަޅާފައިވާ މުއްދަތުގެ ކުރިން ބިލަށް އަރާފައިވާ ފައިސާގެ އަދަދު އެއްކޮށް ދައްކުމުން ޖުރިމަނާ މައާފްކުރުމާއި އެކު އެބިލްތަކުގެ 50 އިންސައްތަ ދައްކާނަމަ ނަމަ ޖޫރިމަނާގެ 50 އިންސައްތަ މާފުކޮށްދޭނެ ކަމަށެވެ. އަދި އެ ބިލްތަކުގެ ބާކީ ނުދެއްކިވާ ބައި އިންސްޓޯލްމަންޓްގެ ގޮތުގައި ދެއްކޭނެ އިންތިޒާމް ވެސް ހަމަޖައްސައިދޭނެ އެވެ.

”އެމްޑަބްލިއުއެސްސީ އަކީ އަބަދުވެސް ރައްޔިތުންނަށް ހުރިހާ ގޮތަކުން ވެސް އެންމެ ލުއިކޮށް ކަންތައްތައްކޮށްދޭ ކުންފުނީގެ ގޮތުގައި ބާއްވަން އަޅުގަނޑުމެން މި ބޭނުންވަނީ. އަޅުގަނޑު އެދެން ފައިސާ ނުދެއްކިވާ ހުރިހާ ފަރާތްތަކުން ވެސް ރަނުގެ މި ފުރުސަތުގެ ބޭނުން ހިފަން“ އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވިގޮތުން ބިލުތަކަށް ފައިސާ ނުދައްކާ ތިބި ކަސްޓަމަރުންގެ ތެރެއިން، ފައިސާ ނުދައްކާތާ އެއްއަހަރަށްވުރެ ގިނަ ދުވަސްވީ ކަސްޓަމަރުންގެ އަދަދު 1570އަށް އަރައެވެ. އަދި ފައިސާ ނުދައްކާތާ 12 މަސްދުވަސްވެފައިވާ ކަސްޓަމަރުންގެ އަދަދު 17،00 އަށްވުރެ މައްޗަށް އަރާއެެވެ. އޭގެ އިތުރުން ފައިސާ ނުދައްކާތާ ދެމަސްދުވަސް ވެފައިވާ 4،492 ކަސްޓަމަރުން އެބަތިބި ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވަނީ ކުންފުނީގެ ހިދުމަތްތައް ދެމެހެއްޓެނެވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށްޓަކައި، ކަސްޓަމަރުންގެ ފަރާތުން މަހުން މަހަށް ފެން ބިލަށް ފައިސާ ދެއްކުމަކީ ކުންފުނިން ވަރަށް ބޮޑަށް ބާރުއަޅާ ކަމެެއްކަން ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: