ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ އެކައުންޓުގައި ހުރި ފައިސާ ނެގުމަށް ހުކުމުގައި ނެތް، އެކަން ކުރުމަށް ގާނޫނު ތަން ނުދޭ: ވަކީލުން

ރައީސް ޔާމީންގެ އެކައުންޓުގައި ހުރި ފައިސާ ނެގުމަށް ހުކުމުގައި ނެތް، އެކަން ކުރުމަށް ގާނޫނު ތަން ނުދޭ: ވަކީލުން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެފައިވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވާތީ އެމަނިކުފާނުގެ އެކައުންޓްގައި ހުރި އެ މައްސަލައިގެ ފައިސާ ދައުލަތަށް ނަގަން އެމަނިކުފާނަށް އިއްވި ހުކުމުގެ އިތުރަށް އެހެން އަމުރެއް ނެރުމަކީ ކުރިން ކުރި ހުކުމަށް ބަދަލު ގެނައުން ކަމަށާއި އެ ގޮތަށް އެ ކަމެއް ކުރަން ގާނޫނު ތަން ނުދޭ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި ފަސް އަހަރު ދުވަހު ޖަލަށް ލާން ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މިދިޔަ މަހުގެ 28 ވަނަ ދުވަހު އެމަނިކުފާނުގެ މައްޗަށް އިއްވި ހުކުމުގައި ހަ މަސް ދުވަހުގެތެރޭގައި އެއް މިލިއަން ޑޮލަރުގެ ފަސް ގުނަ ކަމަށްވާ، ފަސް މިލިއަން ޑޮލަރު ދެއްކުމަށް ވެސް ވަނީ ހުކުމްކޮށްފައެވެ.

ހުކުމް އިއްވި ދުވަހު ރައީސް ޔާމީން ވަނީ، އެމަނިކުފާނުގެ އެކައުންޓުގައި އެއް މިލިއަން ޑޮލަރު ހުންނާނެ ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް، ކޯޓުން އިއްވި ހުކުމުގައި އެކައުންޓުގައި ހުރި ފައިސާއާއި މެދު އަމަލު ކުރާނެ ގޮތެއް ހުކުމުގައި ކަނޑައަޅާފައެއް ނެތެވެ. އެހެން ނަމަވެސް، ރައީސް ޔާމީންގެ އެކައުންޓުން މަންފާ ހޯދާ ލޯންޑާ ކުރިމަށް ބުނާ ފައިސާ ދައުލަތަށް ނެގުމުގެ އަމުރަކަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން ވަނީ އެދިފައެވެ.

އެކަމާއި ގުޅޭގޮތުން، ރައީސް ޔާމީންގެ ގާނޫނީ ޓީމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މައްސަލައިގައި ދައުވާ ލިބޭ ފަރާތުގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމައި ކޯޓުން ކުރާ ހުކުމެއްގައި ބަޔާން ކުރަން ޖެހޭ ކަންތައް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 156 ވަނަ މާއްސދާގެ (ށ) ގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ”ދައުލަތަށް ނަގަންޖެހޭ ފައިސާއެއް ނުވަތަ މުދަލެއް ވާނަމަ އެ ފައިސާ ނުވަތަ މުދާ ދައުލަތަށް ނެގުމަށް ކުރާ އަމުރު“ އެ ހުކުމުގައި ކަނޑައެޅިގެން ބަޔާންކޮށްފައި އޮންނަންވާނެ ކަމަށް އެ މާއްދާގެ 11 ވަނަ ނަމްބަރުގައި ބުނެފައިވާ ކަމަށެވެ.

”އެހެން ނަމަވެސް، ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި، މަނީ ލޯންޑްރިންގެ ކުށުގެ ދައުވަ ކްރިމިނަލް ކޯޓުން ފާސިލާކޮށް ނިމުނުއިރު އެ ދައުވާގެ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ގާނޫނު ނަމްބަރު: 10/2014 (މަނީ ލޯންޑްރިން އަދި ޓެރަރިޒަމްއަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނު) ގެ 62 ވަނަ މައްދާގެ ދަށުން ވެސް އަދި ގާނޫނު ނަމްބަރު 12/2016 (ޖިނާއީ އިޖުރާއަތު ގާނޫނު) ގެ 192 ވަނަ މާއްދާގެ ދަށުންވެސް ރައީސް ޔާމީންގެ އެކައުންޓުގައި ހުރި މައްސަލައާއި ގުޅޭ ފައިސާ ދައުލަތަށް ނެގުމުގެ އަމުރަކަށް ދައުލަތުން އެދިފައި ނުވެއެވެ. އަދި ދައުލަތުން އެފަދަ އަމުރަކަށް އެދިފައި ނުވާތީ، މައްސަލައިގެ ހުކުމް ކުރެއްވިއިރު ކޯޓުން ނެރުއްވި ހުކުމުގައި ވެސް އެފަދަ އަމުރެއް ހިމަނުއްވަވާފައި ނުވެއެވެ“ ވަކީލުންގެ ބަޔާން

މައްސަލައާއި ގުޅިގެން، ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އިސްމާއިލް އާސިފް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ދައުވާ އުފުލާއިރު ދައުވާ އޮންނަން ވީ ގޮތް ގާނޫނު އަސާސީގެ 82 ވަނަ މާއްދާގައި އަދި ކުށް ސާބިތުވާ ކަމަށް ނިޔާ އިއްވާއިރު ހިމަނަން ޖެހޭ ބައިތައް ގާނޫނުގެ 156 މާއްދާގައި ބަޔާންކޮށްފައި ވާ ކަމަށެވެ. އަދި އެއް މިލިއަން ޑޮލަރު ދައުލަތަށް ނަގަން އެދޭ ވާހަކަ ދައުވާގެ ސީދާ ސަބަބުތަކުގައި ނެތް އިރު އެއް މިލިއަން ޑޮލަރު ނަގަން ހުކުމުގައި ވެސް ނެތްކަމަށް އާސިފް ވިދާޅުވިއެވެ.

އެ މައްސަލަ މިހާރު ވަނީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. އިސްތިއުނާފުގެ މައްސަލަ ހައި ކޯޓުން ބަލައިގެންފައިވާއިރު، އެ މައްސަލާގައި އެ ކޯޓުން ގޮތެއް ނިމަންދެން ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްދިނުމަށް އެދި އެމަނިކުފާނުގެ ފަރާތުން ވަނީ ހައި ކޯޓަށް ހުށަހަޅައިފަ އެވެ. އެކަމަކު މިހާތަނަށް އެ ކަމުގައި ހައި ކޯޓުން ގޮތެއް ނުނިންމަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: