ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭގައި ހުންނަ ފިޔަވަތިން ކުއްޖަކު ފިލާފައެއް ނުވޭ: ފުލުހުން

ހުޅުމާލޭގައި ހުންނަ ފިޔަތީގެ ފާރުމަތީން ކުދިންތަކެއް އަރާފައި ތިއްބާ މީގެ ދުވަސްތަކެއް ކުރިން އާއްމުވީ ފޮޓޯއެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުން ބަލަހައްޓާ ކުދިން އުޅެމުންދާ ހުޅުމާލޭ ފިޔަވަތިން ކުއްޖަކު ފިލައިގެން ގޮސްފައިވާކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފިއެވެ.

ރޭގެ ވަގުތެއްގައި ސޯޝަލް މީޑިއާގައި ވަނީ ކުދިންގެ ތެރޭގައި ހިނގި ދެބަސްވުމެއްގެ ތެރެއިން އެއް ކުއްޖަކު ފިޔަވަތިން ފިލާފައިވާކަމަށް އަޑުތައް ފެތުރިފައެވެ. އެކަމާއި ގުޅޭ ސުވާލުތައް ފުލުހުންގެ މީޑިއާ ގްރޫޕުގައި ކުރުމުން ފުލުހުން ބުނީ ހުޅުމާލޭ ފިޔަވަތީގައި އުޅެމުންދާ ކުދިންގެ ތެރެއިން ތިން ކުއްޖަކު އެ ތާނގެ ފުރާޅު މައްޗަށް އަރައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން ފިޔަވަތީގެ މުވައްޒިފުންނާއި ގުޅިގެން މިރޭ 7:25 އެހާކަންހާއިރު އެ ކުދިން ފުރާޅު މަތިން ބާލުވާފައިވާ ކަމަށެވެ.

ފިޔަވަތިން އެއްވެސް ކުއްޖަކު މިރޭ ފިލައިގެން ގޮސްފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ ކުރިން ވެސް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންތަކެއް ކުޑަކުދިންގެ ހިޔާގެ ފާރު މައްޗަށް އަރައިގެން އުޅުނު މައްސަލައެއް ފެންމަތިވި އެވެ. އަދި އެތަނުން ބައެއް ކުދިން ފިލައިގެންދާ މައްސަލަތަކެއް ވެސް ހިނގާފައި ވެއެވެ.

”ފިޔަވަތި“ ގެ ވަށައިގެން އުސް ފާރެއް ރާނާފައި ހުރެއެވެ. ވިއްސަކަށް ފޫޓު އުސްކޮށް ހުރި އެ ފާރުމަތީގައި، ރައްކާތެރިކަމުގެ ގޮތުން ފަސް ވަރަކަށް ފޫޓުގެ ދާ ޖަހާފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: