ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސާވިސް ޗާޖާއި ގުޅޭގޮތުން އަލީ ވަހީދު ދެއްކެވި ވާހަކައިގައި ގޯސްވީ ނޫސްވެރިން!

ސާވިސް ޗާޖާއި ގުޅޭގޮތުން އަލީ ވަހީދު ދެއްކެވި ވާހަކައިން، ޙުނު ފެނަށް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ރިސޯޓުތަކުން މުވައްޒަފުންނަށް ދޭ ސާވިސް ޗާޖާ ގުޅޭ ގޮތުން މީޑިއާގައި  ދެއްކެވި ވާހަކައިގެ މަފްހޫމު ނުވަތަ މާނައިން އެންމެ ރައްޔިތަކުވެސް ހިތުގައި ނުތަނަވަސްކަމެއް ވާނަމަ މައާފަށް އެދޭ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން ލިބިފައިވާ ކުރިއެރުންތައް ހާމަކޮށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުދަ ދުވަހު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. މަހަކު އެއްފަހަރު ބާއްވާ އެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓްރީގެ މަސައްކަތްތަކާއި އެކު، ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ކަންބޮޑުވުންތަކުގެ މައްޗަށް ނޫސްވެރިން ސުވާލު ކުރެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން، ނޫސްވެރިޔަކު ވަނީ ސާވިސް ޗާޖާއި ގުޅޭގޮތުން ސުވާލުކޮށްފައެވެ. އެ ސުވާލަށް އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގެ ރިސޯޓުތަކުން ސާވިސް ޗާޖު ދޭ އަދަދުތައް މިނިސްޓްރީން ފެންނަން އެބަހުރި ކަމަށާއި ސިނާއަތުގައި އިންވެސްޓް ކޮށްގެން ތިބި މައިގަނޑު ދިވެހި ވިޔަފާރިތަކާއި ބޭރުގެ ވިޔަފާރިތަކުން ސާވިސް ޗާޖު ދިނުމާއި ދިވެހިން ހިފެހެއްޓުން ރަނގަޅު ކަމަށެވެ.

ނޫސްވެރިޔާ ވަނީ ސުވާލު ތަކުރާރުކޮށް ސާވިސް ޗާޖު ނުދޭ ވާހަކައަކީ ވަރަށް ގިނަ މުވައްޒަފުންގެ ކަންބޮޑުވުމެއްގެ ގޮތުގައި ބުނެފައެވެ. އެހެން ނަމަވެސް، އަލީ ވަހީދު ވިދާޅުވީ އެންމެ މީހަކު ދައްކާ ވާހަކައަކީ އެއީ ހުރިހާ އެންމެންގެ ވާހަކައެއް ނޫން ކަމަށެވެ. އަލީ ވަހީދު ވިދާޅުވީ ބައެއް ފަހަރު ރިސޯޓުން ކަނޑާލުމުން އެކުއްޖާ ދައްކާ ވާހަކަ މެއިން ސްޓްރީމުވާ ކަމަށާއި އެ ޝަކުވާތައް ގިނަ ފަހަރު ޓުވީޓު ކޮށްފައި ހުންނަނީވެސް ފޭކު އެކައުންޓުތަކުން ކަމަށެވެ.

”ރާއްޖޭގެ ވިޔަފާރި ކުންފުނިތައް ނުވަތަ މި ކަމަށް އިންވެސްޓް ކޮށްގެން ތިބި ދިވެހި ވިޔަފާރިތަކާއި ބޭރުގެ ވިޔަފާރިތަކުން ސާވިސް ޗާޖު ދިނުމާއި ދިވެހިން ހިފެހެއްޓުން ރަނގަޅު. ބައެއް ފަހަރު ރިސޯޓުން ކަނޑާލީމާ އެ ކުއްޖާ ދައްކާ ވާހަކަ މެއިން ސްޓްރީމް މި ވަނީ. މި ޝަކުވާތައްކޮށް ގިނަ ފަހަރު ޓްވީޓު ކޮށްފައި ވެސް ހުންނަނީ ވަގު އެކައުންޓުތަކުން،“ އަލީ ވަހީދު

ފޭކު އެކައުންޓުތަކުން ޓްވީޓު ކުރާ ވާހަކައަށް ރައްދުދީ ބައެއް ރިސޯޓު މުވައްޒަފުން ބުނެފައިވަނީ މީހާގެ އަސްލު އައިޑީން ސާވިސް ޗާޖާއި ގުޅޭގޮތުން ކުރާ ޓްވީޓަކާއި ހެދި ގެއްލޭނީ ވަޒީފާ ކަމަށެވެ. އަދި މިނިސްޓަރަށް ވެސް އެކަން އެނގިވަޑައިގަންވަން ޖެހޭނެ ކަމަށެވެ.

ސާވިސް ޗާޖާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކުގެ މާނަ އޮޅޭގޮތަށް ބައެއް މީޑިއާތަކުގައި ހަބަރު ޖެހި ކަމަށް ބުނެ ޓޫރިޒަމް މިނިސްޓްރީން ވަނީ ބަޔާނެއް ވެސް ނެރެފައެވެ. އެގޮތުން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ، ނޫސްވެރިންގެ ބައްދަލުވުމުގައި ސާވިސް ޗާޖު ދޭ އަދަދުވެސް ޓޫރިޒަމް މިނިސްޓްރީގައި ފެންނަން އެބަހުރި ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވުމަކީ ސާވިސް ޗާޖު ދިނުމުގައި އަމަލުކުރަނީ ”ރަނގަޅަށޭ ނުވަތަ ގޯހުންނޭ“ ސީދާ ވިދާޅުވުން ނޫން ކަމަށެވެ. އަދި އިންވެސްޓްކޮށްގެން ތިބި ދިވެހި ވިޔަފާރިތަކަށް ބަލާއިރުވެސް ބޭރުގެ ވިޔަފާރިތަކަށް ބަލާއިރުވެސް ސާވިސް ޗާޖު ދިނުމާއި ދިވެހިން ހިފެހެއްޓުން ރަނގަޅު ކަމަށް މިނިސްޓަރު ވިދާޅުވުމުގައި ހުރިހާ އިންވެސްޓަރުންގެ ބަދަލުގައި ފާހަގަކުރެއްވީ ބޮޑެތި ”ކީ“ އިންވެސްޓަރުންގެ ވާހަކަ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ. މިނިސްޓްރީން ވަނީ މިހާރު ސާވިސް ޗާޖުދޭ ގޮތާގުޅޭގޮތުން ހިތްހަމަޖެހޭކަން ނުވަތަ ނޫންކަން ވެސް ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވެފައިނުވާކަމަށް ބުނެފައެވެ.

މިނިސްޓްރީގެ ބަޔާން ރީޓްވީޓު ކުރައްވާ އަލީ ވަހީދު ވިދާޅުވީ، ރިސޯޓު މުވައްޒަފުންނާއި އިންޑަސްޓްރީގެ މަސައްކަތްތަކުގެ މަހުން މަހަށް މީޑިއާއާއި ރައްޔިތުންނަށް ހިއްސާ ކުރައްވާ ކަމަށާއި ކުރާ އިހުލާސްތެރި މަސައްކަތް މިނާނީ ރައްޔިތުން ކަމަށެވެ.

އަލީ ވަހީދު ދެއްކެވި ވާހަކަތަކާއި ގުޅިގެން، އޭނާއަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް ވެސް އަމާޒުވެފައެވެ. އެގޮތުން، ބައެއް ފަރާތްތަކުން މިނިސްޓަރުގެ އިސްތިއުފާއަށް ވެސް ގޮވާފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: