ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލްތަކުގެ ބައެއް ގޮނޑިތަކަށް ފިރިހެނުން ކުރިމަތި ލުމުން ”މަހުރޫމް ވީ“ މައްސަލަ ސުޕްރީމް ކޯޓަށް!

ކައުންސިލްތަކުގެ ބައެއް ގޮނޑިތަކަށް ފިރިހެނުން ކުރިމަތި ލުމުން "މަހުރޫމް ވީ" މައްސަލަ ސުޕްރީމް ކޯޓަށް!
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އޭޕްރިލް މަހުގެ 4 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި އަައްޑޫ، ހިތަދޫ ބޭރުމަތީ ދާއިރާއަށް ފިރިހެނުންނަށް ކުރިމަތި ނުލެވޭ މައްސަލަ ުސުޕްރީމް ކޯޓަށް އަމިއްލަ ފަރާތަކުން ހުށަހަޅައިފިއެވެ.

އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ، ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސްކަންކޮށްފައިވާ މޫސާ އަންވަރެެވެ.

އެ މައްސަލަ ކޯޓަށް ހުށަހަޅާ މޫސާ އަންވަރު ބުނެފައިވަނީ އޭނާ ނިސްބަތްވާ އައްޑޫ ހިތަދޫ ތިން ދާއިރާއަށް ފިރިހެނުންނަށް ވާދަ ނުކުރެވޭ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ބޭރުމަތީ ދާއިރާއަށް އަންހެން ގޮނޑިއެއް ދިނުމަށް ގުރުއަތުން ނިންމާފައިވަނީ އުފެދުމުގައި ވެސް ބާތިލު ގާނޫނެއްގެ މައްޗަށް ކަމަށެވެ.

މޫސަވަނީ، މިހާރުވެސް އެ ދާއިރާގެ ކައުންސިލަރަކީ އަންހެނެއްކަން ފާހަގަކުރައްވާ އޭނާ އެ މަގާމަށް އައީވެސް ފިރިހެނުންނާއި ވާދަކުކޮށްކަން ފާހަގަކުރައްވާފައެވެ. އެއީ ހިތަދޫ މެދު ދާއިރާގެ ކައުންސިލް މެމްބަރު ޖަމްޝީދާ މުހައްމަދެވެ.

މައްސަލަ ކޯޓަށް ހުށަހެޅުމަށްފަހު މޫސަކޮށްފައިވާ ޓްވީޓުތަކެއްގައި ބުނެފައިވަނީ އަސާސީ ހައްގެއް ކަމުގައިވާ މިނިވަންކަމާއިއެކު މަންދޫބުން އިހްތިޔާރު ކުރުމާއި އިންތިހާބުގެ ވާދަވެރި ކުރުމުގެ ހައްގު މުތުލަގަކޮށް، ގުރުއަތަކުން ފޭރި ގަތުމަކީ ގާނޫނީ ޖޯކެއް ކަމަށެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ސިޓީ ކައުންސިލްތަކުން އަންހެނުންނަށް ހާއްސަކުރި ދާއިރާތައް މިހާރު ވަނީ އިއުލާނުކޮށްފައެވެ. އެގޮތުން މާލޭގެ 18 ދާއިރާގެ ތެރެއިން ހަ ދާއިރާއެއް އަންހެނުންނަށް ހާއްސަކުރާއިރު، އައްޑޫގެ 12 ދާއިރާގެ ތެރެއިން ހަތަރު ދާއިރާ އަދި ފުވައްމުލަކުގެ ހަ ދާއިރާގެ ތެރެއިން ދެ ދާއިރާއެއް އަންހެނުންނަށް ހާއްސަކުރެ އެވެ.

އަންނަ އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި 980 ކައުންސިލަރުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރެއިން ރަށު ކައުންސިލްތަކަށް 372 އަންހެން ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: