ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުން ރައީސް ޔާމީންއަށް ކުރާ އަނިޔާ ހުއްޓާލާ: ޝިޔާމް

ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުން ރައީސް ޔާމީންއަށް ކުރާ އަނިޔާ ހުއްޓާލަން ގޮވާލައްވާކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެެވެ

ޝިޔާމް ކުރެއްވި ޓްވީޓެއްގައި، މިއީ ދުވާލުކަން ޔަގީންވާ ފަދައިން ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ކުށެއްނެތް ކަން ފަނޑިޔާރުން ގަބޫލު ކުރައްވަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ގާނޫނުތައް ހިތުހުރި ގޮތަކަށް މާނަކޮށް ދައުލަތުން ރައީސް ޔާމީންއަށް ކުރާ އަނިޔާ ހުއްޓާލަން ގޮވާލައްވާ ކަމަށެވެ.

https://twitter.com/Shiyamaldives/status/1210479892875186176

ޝިޔާމް މިގޮތަށް ވިދާޅުވެފައި ވާއިރު، އިދިކޮޅު ފަރާތްތައް ކުރިއަށްދާނެ މަގުތައް ބެދިފައިވާ ކަމަށާއި މިހާރު މިއޮތް ހާލަތުން ކުރިއަށް ދެވޭނީ އެހެން ވިސްނުމެއް ނެރެވިގެން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ވަނީ ވިދާޅުވެފައެޗެ، އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވަނީ ރައީސް ޔާމީން މިނިވަންކަމާއެކު ހުންނެވިނަމަ އިދިކޮޅު ކުރިއަށްދާނެ މަގު ދައްކަވާނެ ކަމަށާ މި ވަގުތު އިިދިކޮޅަށް ގޮތް ހުސްވެފައިވާ ކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށްޓަކާ ޕެޓިޝަނެއްގެ މަސައްކަތް ވެސް އިދިކޮޅުން ދަނީ ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުން އެ ޕެޓިޝަންގައި ސޮއިކުރުމުގެ މަސައްކަތް އެބަ ކުރިއަށްދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: