ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅު މިއަދު ވަނީ ކޮޅު ބަންދުވެފައި އޮތް މަގަކަށް ވަދެފަ: އުމަރު

ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު އަދި އަރިހުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރާއި އިދިކޮޅަށް މަސައްކަތް ކުރާ ޕީޕީއެމް އަދި ޕީއެންސީ މިއަދު ވަނީ ކޮޅު ބަންދުވެފައި އޮތް މަގަކަށް ވެދެފައި ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. 

ކުރިން ޕީޕީއެމްގައި ވެސް އިސްކޮށް މަސައްކަތް ކުރެއްވި އުމަރު ނަސީރު މިފަދައިން ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން މިނިވަން ވެދާނެ ކަމަށް އުންމީދު ނުކުރައްވާ ކަމަށް ވިދާޅުވެ މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ސައީދު ދެއްކެވި ވާހަކަފުޅަކާއި ގުޅިގެންނެވެ. 

އުމަރު ވިދާޅުވީ އިދިކޮޅުގެ ހާލަތު މިއަދު ހުރި ގޮތުން ކުރިއަސް ދެވޭކަށް ނެތް ކަމަށާއި، އަދި ފަހަރަށް ވެސް ނިކުމެވެން ނެތް ކަމަށެވެ. 

މީގެއިތުރުން އުމަރު ވިދާޅުވީ މިއަދު އިދިކޮޅު އޮތް ހާލަތަކީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ އުފާކުރާނެ ހާލަތެއް ކަމަށާއި އެހެން ކަމުން މިހާލަތު ބަދަލު ކުރަން ޖެހޭ ކަމަށް އުމަރު ވިދާޅުވިއެވެ. އަދި ހާލަތު ބަދަލު ކުރެވޭނީ އެހެން ފިކުރެއް ގެނެސްގެން ކަމަށް އުމަރު ވިދާޅުވިއެވެ. 

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާ ކަމަށް ނިންމައި، އެމަނިކުފާނު ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ވަނީ މިދިޔަ މަހު ހުކުމްކޮށްފަ އެވެ. އެ ހުކުމް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފަށް ވަނީ ހުށަހަޅައިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: