ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނީ ވަކީލުން ދަރަޖަ ކުރަނީ!

ވަކީލުން ހުވާ ކުރުމުގެ ރަސްމީއްޔާތެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ދިވެހިރާއްޖޭގެ ވަކީލުން ދަރަޖަ ކުުރުމުގެ ގަވާއިދެއް ދިވެހިރާއްޖޭގެ ބާ ކައުންސިލުން އެކުލަވާލައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއޢުކޮށްފިއެވެ. 

ގާނޫނީ ވަކީލުން ދަރަޖަ ކުރުމުގެ ގަވާއިދަކީ ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު ގެ 29 ވަނަ މާއްދާގެ (ރ) އިން ބާރު ލިބިގެން، ތަފާތު ދަރަޖަތަކުގެ ކޯޓުތަކަށް ހާޒިރުވެ ވަކާލާތުކުރުމުގެ ބޭނުމަށްޓަކައި، ޤާނޫނީ ވަކީލުން ދަރަޖަކޮށް، އެ ދަރަޖަތަކުގެ ފެންވަރާއި ޝަރުޠުތައް ކަނޑައެޅުމަށްޓަކައި އެކުލަވައިލެވިފައިވާ ގަވާއިދެކެވެ.

ގަވާއިދުގެ ދަށުން، ދިވެހިރާއްޖޭގެ ތަފާތު މަރުޙަލާތަކުގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކަށް ހާޒިރުވެ ވަކާލާތުކުރުމުގެ ބޭނުމަށްޓަކައި، ޤާނޫނީ ވަކީލުން ދަރަޖަ ކުރުމުގެ މަސައްކަތް ކުރުމަށް ވަކިން ޚާއްޞަ ކޮމިޓީއެއް، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން އެކުލަވައިލާނެއެވެ. އެގޮތުން ދަރަޖަކުރުމާ ގުޅޭ ކޮމިޓީ އެކުލެވިގެންވާނީ، ބާ ކައުންސިލުގެ މެންބަރުންގެ ތެރޭގައި ހިމެނޭ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބިފައިވާ ތިން މެންބަރުންގެ މައްޗަށެވެ. ދަރަޖަކުރުމާ ގުޅޭ ކޮމިޓީއަށް މެންބަރުން ޢައްޔަނު ކުރާނީ، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީންނެވެ.

ގަވާއިދުގައި ބުނެފައިވާ ގޮތުގައި ދަރަޖަކުރުމާ ގުޅޭ ކޮމިޓީގެ މަސްއޫލިއްޔަތަކީ، ދިވެހިރާއްޖޭގެ ތަފާތު މަރުޙަލާތަކުގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކަށް ހާޒިރުވެ ވަކާލާތު ކުރުމުގެ ބޭނުމަށްޓަކައި،  ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތިން، ޤާނޫނީ ވަކީލުން ދަރަޖަ ކުރުމެވެ. އެގޮތުން ދަރަޖަކުރުމާ ގުޅޭ ކޮމިޓީން މަސައްކަތް ކުރަން ޖެހޭނީ  ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.  ގަވާއިދުގައި ބަޔާންކޮށްފައިވާ އެއްވެސް ކަމަކަށް ބަދަލު ގެނައުމުގެ އިޚްތިޔާރެއް، ދަރަޖަކުރުމާ ގުޅޭ ކޮމިޓީއަށް ލިބިގެންނުވެއެވެ.

ަވާއިދުގެ ދަށުން ހުއްދަޔަށް އެދި ހުށަހަޅާ ފަރާތަކަށް ހުއްދަ ދިނުމާ ގުޅޭ ގޮތުން ދަރަޖަކުރުމާ ގުޅޭ ކޮމިޓީން ނިންމާ ނިންމުމަކާމެދު ހިތްހަމަ ނުޖެހޭނަމަ، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް އެ ކަމެއް ހުށަހެޅުމުގެ ފުރުޞަތު އެ ފަރާތަކަށް ލިބިގެންވެއެވެ. މިގޮތުން ހުށަހެޅޭ މައްސަލަތަކުގައި،  ގަވާއިދުގައި ބަޔާންވެގެންވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ދަރަޖަކުރުމާ ގުޅޭ ކޮމިޓީގެ ނިންމުމަށް ބަދަލު ގެނައުމުގެ ބާރު، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް ލިބިގެންވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: