ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގައި އެމްޑީޕީ ތަމްސީލު ކުރަނީ ސަރުކާރެއް ނޫން ރައްޔިތުން: އާޒިމް

ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގައި އެމްޑީޕީ ތަންފީޒުކުރަނީ ސަރުކާރެއް ނޫންކަމަށާ، މަޖިލީހުގައި ތަމްސީލްކުރަނި ރައްޔިތުން ކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރ އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް އެފަދައިން ވިދާޅުވީ ސަންގުޓީވީގެ ޚަބަަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. އާޒިމް ވިދާޅުވީ މަޖިލީހަކީ ސަރުކާރު ހިންގަން ފަސޭހަ ކުރަން އޮންނަ ތަނެއް ނޫން ކަމަށާއި، އެ ތަނުގައި އިސްކުރަން ޖެހެނީ ރައޔްިތުންގެ މަސްލަހަތުކަމަށެވެ. އާޒިމް މިފަދައިން ވިދާޅުވީ ޗަިއނާ ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުން އާއްމުންނަށް ވާނީ ގެއްލުންކަމަށް ވަކާލާތުކުރައްވަމުންނެވެ.

”މި އެގްރީމެންޓްގެ ފައިދާގެ ވާހަކަ ދައްކާ މީހުން ވަރަށް ބޮޑު ވާހަކަތައް ދައްކަވާނެ. އަޅުގަނޑު މި ދައްކަނީ އާއްމު މީހާގެ ވާހަކަ. ކުދި ވިޔަފާރިތައް ހަމަ ފުނޑޭނީ. އަޅުގަނޑުމެން މި ތިބެނީ ސަރުކާރު ރުއްސާކަށް ނޫން. މިހާރުވެސް ސަރުކާރު ހިތްހަމަ ނުޖެހޭ ކަންކަން ކޮށްގެން އުޅޭ ސަރުކާރު ބައެއް މީހުން. އަޅުގަނޑުމެން ހިމާޔަތް ކުރަނީވެސް ތަމްސީލްކުރަނީވެސް ރައްޔިތުން.“

ޗައިނާ – ރާއްޖެ ފްރީޓްރޭޑް އެގްރީމެންޓަކީ އުފެދުމުގައި ވެސް ބާތިލް އެއްޗެއް ކަމަށްއަލީ އާޒިމް ވަނީ ވިދާޅުވެފައެވެ.

އާޒިމް ވިދާޅުވީ އެއްބަސްވުމަކީ ރަބަރު ސްޓޭމްޕް ޖަހާ އުސޫލުން ސީދާ ރައީސް ޔާމީން އަންގަވައިގެން ސޮއިކުރެއްވި އެއްބަސްވުމެއްކަމަށް ވިދާޅުވެފައިވެެއެވެ. އަދި އެއްވެސް މެމްބަރަކަށް ފުރިހަމަ އެގްރީމެންޓް ނުފެންނަކަމަށާ، އެ އެއްބަސްވުން ފާސް ކުރުމުގެ ކުރިން މަޖިލީހުން ފާސްކުރުމުގައި ވެސް އަމަލު ކުރީ އުސޫލުން ބޭރުން ކަމަށް އޭނާ ވިދާޅުވިއެވެ.

އާޒިމް މިހެން ވިދާޅުވެފައި ވާއިރު، ދާދިފަހުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ، އެ އެގްރީމެންޓަކީ އިންވެސްޓްމެންޓެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި އެއީ ރާއްޖެއަށް އޮތް ދަރަންޏެއް ކަމަށްވެސް ވިދާޅުވިއެވެ.

އެކަމާއި ގުޅިގެން، ޗައިނާއާއި މެދު ރައީސް ނަޝީދު ދައްކަވާ ވާހަަކަތަކަކީ ސަމާލުކަން ހޯއްދަވަން ދައްކަވާ ވާހަކަތަކެއްކަމަށާ އެ ވާހަކަތަކުގައި އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް، ރާއްޖެއަށް ކަނޑައަޅާފައިވާ ޗައިނާ ސަފީރު ޒޭންގް ލިޒޯންގް ވަނީ ވިދާޅުވެފައެވެ.

އެގޮތުން ސަފީރު ވަނީ ރާއްޖޭގެ ސިޔާސީ ފަރާތްތަކުން ދޭދޭ ޤައުމުތަކަމާއި މެދު ވާހަކަދެއްކުމުގައި މިހާރަށް ވުރެ ޒިންމާދާރު ވާން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އޭނާ ވަނީ ޗައިނާއިން ރާއްޖޭގެ ބިން ޖަހައިގަނެފައިވޭތޯ ސުވާލުކުރައްވާފައެވެ.

ޗައިނާއިން ރާއްޖޭގައި ކުރި އިންވެސްޓްމެންޓަކީ އެހެން ޤައުމުތަކުގައި ވެސް ކޮށްފައިވާ ފަދަ އިންވެސްޓްމެންޓެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: