ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްބީއައި ކައިރިން ރަހީނުކޮށް ފޭރިގަތް ކަމަށް ބުނެ ހުށަހެޅީ ދޮގު ރިޕޯޓެއް – ފުލުހުން

ސްޓޭޓް ބޭންކް އޮފް އިންޑިއާ ----
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ކައިރިން ފައިސާ ފޭރުނު ކަމަށް ބުނެ މިދިޔަ މަހު ހުށަހަޅާފައިވަނީ ދޮގު ރިޕޯޓެއް ކަމަށް ފުލުހުން ވިދާޅުވެއްެޖެެއެވެ.

އެ މައްސަލައާއި ގުޅިގެން ފުލުހުން ވިދާޅުވީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އަމިއްލަ ކުންފުންޏެއްގެ މުވައްޒަފަކު އެސްބީއައިއިން ދެ ކުންފުންޏެއްގެ ޗެކް ތަކަކަށް ފައިސާ ނަގައިގެން ދަނިކޮށް ފޭރުނު ކަމަށް ބުނެ ހުށަހަޅާފައިވަނީ ދޮގު މައްސަލައެއް ކަމަށް އޭނާ އަމިއްލަ އަށް އިއުތިރާފުވެފައިވާ ކަމަށެވެ.

ފޭރިގެން ރިޕޯޓްކޮށްފައި ވަނީ، ރާއްޖޭގައި ވިޔަފާރިކުރާ ކުންފުންޏެއްގައި މަސައްކަތްކުރާ ބިދޭސީއެއްގެ އަތުންނެވެ. އޭނާގެ އަތުން ފޭރިގަތް އެއްލައްކައަށްވުރެ ގިނަ ރުފިޔާގެ ފައިސާއަކީ އެ ކުންފުނީގެ ފައިސާތަކެއްކަމަށް އޭނާ ފުލުހުން ކައިރީގައި ބުނެފައި ވެއެވެ. އަދި އެ ފައިސާތައް ފޭރުނީ، އޭނާ ރަހީނުކޮށް ކާރަކަށް ލައިގެން ހުޅުމާލެއަށް ގެންދިއުމަށްފަހު ކަމަށް އޭނާ އާ ހަވާލާދީ އެއިރު ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ވިދާޅުވީ، އެ މައްސަލައިގެ ތަހުގީގުގައި އިތުރަށް ސާފުކޮށް ބެލުމުން އެނގުނުގޮތުގައުމ އޭނާ ފުލުހުންނަށް ދޮގު މައުލޫމާތުދީ ދޮގު ރިޕޯޓެއް ކޮށްފައިވާކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ. އަދި އެކަން ޔަގީންވި ހިސާބުން ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރި ކަމަށާއި، އަދި އޭނާ ދިރިއުޅޭތަން ބަލައި ފާސްކުރުމުން އެނާ ދިރިއުޅޭ ތަނުން 8000 ޑޮލަރު ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، އެ ޑޮލަރުތަކާ ގުޅޭގޮތުން ސުވާލުކުރުމުން އޭނާގެ އަތުން ފޭރުނީ ނޫން ކަމަށާއި އޭނާ އެ ފައިސާ ނަގައިގެން ގެންގޮސް ފޮރުވާ ފައިސާ ޑޮލަރަށް މާރުކުރި ކަމަށް އެއްބަސްވީ ކަމަށެވެ. އަދި ބާކީ ފައިސާ ބޭނުން ކުރި ކަމަށް އަމިއްލަ އަށް އިއުތިރާފު ވެފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ މިހާރު ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: