ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާފުށީގައި ގައިދީން، ޖަލު އޮފިސަރުންގެ ގަޔަށް ކާއެއްޗެހި އުކި ވާހަކައިގެ، ހަގީގަތެއް ނެތް!؟

މިދިޔަ އަހަރު މާފުށީ ޖަލުގައި ހިނގައިދިޔަ ހަމަނުޖެހުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މާފުށީ ޖަލުގައި، ގައިދީންތަކެއް އޮފިސަރުންގެ ގަޔަށް ކާ އެއްޗިސް އުކާފައިވާކަމަށް ބުނާ ވާހަކައަކީ ”ތެދެއް“ ނޫން ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން ޖަލުގައި ގައިދީންނަށް އަނިޔާ ކުރާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. އަސާސީ ހައްގުތަކުން މަހުރޫމް ކުރާ މައްސަލައިގައި ގައިދީން ދަނީ އަޑުއުފުލަމުންނެވެ. އެގޮތުން ރަނގަޅު ބޭސްފަރުވާއެއް ފޯރުކޮށްދީފައިނުވާކަމަށް ބައެއް ގައިދީން ވަނީ ބުނެފައެވެ. މައްސަލަ ބަލާ ނިމެންދެން ބަންދުކޮށްފައި ބަހައްޓާފައިވާ މީހުންގެ މައްސަލަތައް ކުރިޔަށް ނުދިއުމަކީ އެންމެ ބޮޑު ކަންބޮޑުވުމެވެ. ގައިދީންނަށް އަނިޔާ ކުރާ މައްސަލައިގައި، ކަރެކްސްޝަންސް އިން ބުނެފައިވަނީ އޮފިސަރުންނަށް އަނިޔާ ކުރަނީ ގައިދީން ކަމަށެވެ.

މާފުށީ ޖަލުގެ ރިމާންޑުގައި މިހާރުވެސް މިވީ 4 އަހަރާއި، 9 މަސް ދުވަހުގެ ތެރޭގައި ހަމައެކަނި ދައުވާ އިއްވާފައި ތިބި މީހުން އެބަތިއްބެވެ. އެއްވެސް ހުކުމެއް ނެތި، އެހެން ބަންދުގައި ތިބޭބަޔަކަށް ”ގައިދީން“ ކިޔައިގެން ނުވާނެ ކަމަށް އެ މީހުން ގަބޫލު ކުރެއެވެ. އަދި މިދިޔަ ހުކުރު ދުވަހުން ފެށިގެން ތަނުގެ ހާލަތު ހަމަަކަށް އެޅިފައި ނުވާއިރު ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ޖަަލަށް ވަޑައިގްންނެވީ ކުއްލި ގޮތަކަށް ކަމަށް މައުލޫމާތު ލިބެއެެވެ.

ޖަލު އޮފިސަރުން ކުއްލި ގޮތަކަށް، ރިމާންޑު ގޮޅީގެ ތެރެއަށް ވަދެ ގައިދީންނަށް އަނިޔާކޮށް ޕެޕާ ސްޕްރޭޖެހިކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. އަދި، އެ ގައިދީން ނެރެގެން ގެންގޮސް މޫނަށް ފެންޖަހާ ވީޑިއޯއެއް މީޑިތަކުން ވަނީ ފެންމަތިކޮށްފައެވެ. މައްސަލަ ފެންމަތިވެ، މުނާޒްއަސް ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.

މައުލޫމާތު ލިބޭގޮތުން، މިދިޔަ ހުކުރު ދުވަހު ހިނގި ހަމަނުޖެހުމުގައި 3 މީހަކަށް ވަނީ ބޮޑެތި އަނިޔާތަކެއް ވެފައެވެ. އެއަށްފަހު މިއަދު ހިނގައިދިޔަ ކަންތަކަށްފަހު ގޮޅީގައި ތިބި މީހުން ގޮޅިން ނެރެ ބައެއް މީހުން މާލެ ގެނައުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އެގޮތުން، އެ މީހުންގެ ފޮށިތައް ވެސް މިހާރު ނެރެފައިވާ ކަމަށް އަޑުއިވެއެވެ.

ކަރެކްޝަންސްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޖަލުގައި ހަމަނުޖެހުން ހިންގާފައިވަނީ ރިމާންޑުގައި ތިބި މީހުން ކަމަށެވެ. އަދި އެ މީހުންގެ ޝަކުވާއަކަށްވީ ތަހުގީގުގެ ބަންދު މުއްދަތު ދިގުލައިގެންދިއުމާއި ބޭސް ފަރުވާގެ އިންތިޒާމްތައް އެ އެދޭގޮތަށް ފުރިހަމަކޮށް ނުދިނުން ކަމަށެވެ. އެއީ ކަރެކްޝަންސްގެ ވެސް ކަބްބޮޑުވުމެއްގެ ގޮތުގައި ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ކޮމިޝަނާރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު އާއި، އެސިސްޓެންޓް ކޮމިޝަނާރ އޮފް ޕިރިޒަންސް މުހައްމަދު އާސިފް ޖަލަށް ޒިޔާރަތް ކުރައްވާފައިވަނީ، ތަނުގެ ހާލަތު ބެލުމުގެ ގޮތުން ކަމަށް އެ ބަޔާނުގައި ވެއެވެ. އަދި ފުލުހުން ގެ ދެ އޮފިސަރަކު ޖަލަށް ގޮސްފައިވަނީ ރިމާންޑުގައި ހުރި މީހަކަށް ގޮޅީގައި ތިބި އެހެން ބަޔަކު އަނިޔާ ކުރި މައްސަލައެއްގައި ކަމަށެވެ. އަދި އެކަން ތަހުގީގުކޮށް، ހަމަނުޖެހުން ހިނގައިދިޔަ ގޮތް ބެލުމަށް ކަމަށެވެ.

ކަރެކްސްޝަންސް އިން ވަނީ، ޖަލު އޮފިސަރުންނާއި ގައިދީންނާއި މެދު ހަމަނުޖެހުން ހިނގިކަމަށް ދެކެވުނު ވާހަކަ ދޮގުކޮށް އެފަދަ އެއްެވެސް ކަމެއް ހިނގާފައިނުވާކަމަށް ބުނެފައެވެ. އެހެން ނަމަވެސް، ރިމާންޑުގައި ތިބި މީހުން ހިތްހަމަނުޖެހި އޮފިސަރުންގެ ގަޔަަށް ކާބޯތަކެތި އުކި ކަމަށާއި، އޮފިސަރުން ގައިދީންނަށް ވިސްނައިދެވޭތޯ މަސައްކަތް ކުރީ ކެތްތެރިކަމާއި އެކު ކަމަށެވެ.

https://twitter.com/MvCrisis/status/1213752910401564672

މައްސަލައާއި ގުޅޭގޮތުން ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ މާފުށީ ޖަލުގައި އޮތް ބައްދަލުވުމެއްގައި ބައިވެރިވުމަށް ކަރެކްޝަންސް އިން ފުލުހުންނަށް ގުޅާފައި ދެއްވި ދައުވަތަކަށް ދެ ފުލުހަކު އެތަނަށް ގޮސްފައިވާ ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ތަހުގީގުތައް އަވަސް ކުރުމާ މެދު މަޝްވަރާކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އަދި އެއްވެސް އޮޕަރޭޝަނެއްގައި ބައިވެރިވެފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދޔަ ޖޫން މަހުގެ ތެރޭގައިވެސް މާފުށީ ޖަލުގައި ހަމަނުޖެހުން ހިންގައި ގައިދީން އޮފިސަރުންނަށް އަނިޔާ ކުރުމާއި، އަދި ގައިދީންނަށް ޖަލު އޮފިސަރުން އަނިޔާ ކުރި މައްސަލަ ވަރަށް ބޮޑަށް ހޫނުވެގެން ދިޔައެވެ. ޖަލަށް ވެއްދުން މަނާ އެއްޗެއް ގެނެސްދޭން އޮފިސަރަކު ދެކޮޅު ހެދުމުން ދަގަނޑުބުރިއަކުން އޭނާ އަށް ގައިދީ އަކު ހަމަލާ ދިން މައްސަލައެއް ވެސް އޭގެ ތެރޭގައި ހިމެނެއެވެ. އަދި އޭގެ ބަދަލު ހިފުމެއްގެ ގޮތުން އީއެސްޖީގެ އޮފިސަރުން ގޮޅިތަކަށް ވަދެ ގައިދީންގެ ގައިގައި ތަޅައި އަނިޔާކުރިއެވެ. އެ މައްސަލައިގައި ހަ ގައިދީއަކަށް އެކިވަރުގެ އަނިޔާވިއިރު، އެ ހަމަނުޖެހުމުގެ ތެރޭގައި ބައެއް ގައިދީންގެ ބޯ ތުނިކޮށް ކޮށާލި މައްސަލައެއް ވެސް ފެންމަތިވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: