ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތެލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ތެޔޮ ލިބޭނެ އެހެނިހެން ގޮތްތައް ހޯދަނީ

ފޮރިން މިިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް/ ފޮޓޯ: މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

މެދުއިރުމަތީގައި އުފެދިފައިވާ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ތެޔޮ ހޯދުމުގައި ހުރި ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށްޓަކައި، ތެޔޮ ލިބޭނެ އިތުރު މަގުތައް ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

މިކަން ހާމަކުރެއްވީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ހާއްސަ ވަޒީރުންގެ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން މި ކޮމިޓީ އެކުލަވާލާފައި ވަނީ މެދުއިރުމައްޗަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމަށާއި، އޭގެ ސަބަބުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް އަދި އިގްތިޞާދަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތައް ވަޒަންކުރުމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރު ވިދާޅުވީ، ކުރިއަށްދާ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ދިމާވެދާނެ ގޮންޖެހުންތައް ސަރުކާރުން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި ރާއްޖެއަށް މައިގަނޑު ގޮތެއްގައި ތެޔޮ އެތެރެކުރަނީ މެދުއިރުމަތިން ކަމަށްވާއިރު، މިހާރު އެ ސަރަހައްދުގެ ބައެއް މަގުތައް ބަންދުވެފައި އޮތުމަކީ ކަންބޮޑުވުމެކެވެ.

މިނިސްޓަރު ވިދާޅުވީ ތެޔޮ ލިބޭނެ އިތުރު މަގުތައް ހޯދުމަށް އަވައްޓެރި ގައުމުތަކާއި އެހެނިހެން ގައުމުތަކާ އެކު މަޝްވަރާކޮށް، އިންތިޒާމްތައް ހަމަޖައްސަމުންދާ ކަމަށެވެ.

 ”ތެލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެހެން ގޮތްގޮތުން ވެސް މަސައްކަތް އެބަ ކުރެވޭ. މިއީ ވަކި ގައުމު ތަކަކަށް ނުވަތަ މަދު ގައުމުތަކަކަށް ބަރޯސާވުމުގެ ބަދަލުގައި ތެޔޮ ހޯދުން އިތުރަށް ސިންދަފާތުކުރުމަށް ކުރެވިގެންދާ މަސައްކަތްތަކެއް،“ މިނިސްޓަރު ވިދާޅުވިއެވެ.

މި މަސައްކަތަކީ ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން ދިގު މުއްދަތަކަށް ކަށަވަރުކުރުމަށްޓަކައި ކުރެވޭ ވަރަށް މުހިންމު މަސައްކަތެއްގެ ގޮތުގައި ވެސް ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް ވަނީ ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: