ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ އެމެރިކާ ދަތުރުފުޅަށް ޚަރަދުވީ ހަތަރު މިލިއަން ރުފިޔާ!

އދ.ގެ އާއްމު މަޖިލީހުގެ ޖަލްސާގައި ރައީސް ސޯލިހު ތަޤްރީރު ކުރައްވަނީ—ފޮޓޯ:- ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އދ.ގެ އާއްމު މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް އެމެރިކާއަށް ކުރެއްވި ދަތުރުފުޅަށް ޚަރަދުވީ 4.1 މިލިއަން ރުފިޔާކަން ރައީސް އޮފީހުން ހާމަކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅަށް ޚަރަދުވި އަދަދު ރައީސް އޮފީހުން ހާމަކޮށްފައި މިވަނީ އާންމު ފަރާތަކުން އެދުމުން އެ މައުލޫމާތު ހިއްސާ ނުކޮށް އެތައް ދުވަހެއް ވަންދެން މަޑުކުރުމަށްފަހުއެވެ.

ރައީސްގެ ދަތުރުފުޅުގެ މައުލޫމާތު ހާމަކޮށްފައި މިވަނީ އެކަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅުމުން، އެ އޮފީހުން އެމައުލޫމާތު ހިއްސާކުރުމަށް ރައީސް އޮފީހަށް އެންގިތާ ދުވަސްކޮޅެއް ފަހުންނެވެ.

އދ.ގެ އާއްމު މަޖިލީހުގައި، ރައީސް ތަޤުރީރު ކުރެއްވި  ދަތުރުފުޅުގެ ޚަރަދުތަކާއި ގުޅޭގޮތުން ރައީސް އޮފީހުން ހިއްސާކުރި މައުލޫމާތުން އެނގޭ ގޮތުގައި، ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުންގެ ޓިކެޓަށް އެކަނިވެސް 2،057،536،86 (ދެ މިލިއަން ފަންސާސް ހަތްހާސް ފައްސަތޭކަ ތިރީސް ހަރުފިޔާ އަށްޑިހަ ހަ ލާރި) ހަރަދުވިއެވެ.

މީގެ އިތުރުން ރައީސާ، އެމަނިކުފާނުގެ ވަފުދުގައި ހިމެނިވަޑައިގެންނެވި ބޭފުޅުން އެމެރިކާގައި ތިއްބެވުމާއި ފަރިއްކޮޅުގެ ހަރަދަށް 1،855،388.2 (އެއް މިލިއަން އަށްލައްކަ ފަންސާސް ފަސްހާސް ތިން ސަތަކޭ އަށްޑިހަ އަށް ރުފިޔާ ދެ ލާރި) ޚަރަދުވެފައިވެއެވެ.

މި ދަތުރުގައި ޕޮކެޓު މަނީގެ ގޮތުގައި 141،595 ރުފިޔާ އަދި އެކްސެސް ބެގެޖަށް 6،168 ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ރައީސް އޮފީހުން ހާމަކުރި މައުލޫމާތުން އެގެން އޮވެއެވެ. ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން ދަތުރުފުޅުގައި ބައިވެރިވި ވިލާ ސްކޫލުގެ ދަރިވަރަކަށް ވިސާ ހޯދުމަށް ލަންކާއަށް ކުރަންޖެހުނު ދަތުރަށް 12،492 ރުފިޔާ ހަރަދުވިއެވެ.

އިންސިޑެންޝަލް އަށް 98،652.04 ރުފިޔާ ހަރަދު ކުރި ދަތުރުފުޅަށް ޖުމްލަ ޚަރަދުވި ކަމަށް ރައީސް އޮފީހުން ހިއްސާކުރި މައުލޫމާތުގައިވަނީ 4،171،823.42 ރުފިޔާއެވެ. (ހަތަރު މިލިއަން އެއްލައްކަ ހަތްދިހަ އެއްހާސް އަށްސަތޭކަ ތޭވީސް ރުފިޔާ ސާޅީސް ދެ ލާރިއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ އެންގުމަށް ރައީސް އޮފީހުން ހިއްސާކުރި މައުލޫމާތުން ރައީސްގެ ދަތުރުފުޅަށް 4.1 މިލިއަން ރުފިޔާ ޚަރަދުވިކަން އެގެން އޮތްއިރު، މީގެ ކުރިން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެފައިވާ މި ދަތުރަށް ހަރަދުވީ 3 މިލިއަން ރުފިޔާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: