ދުނިޔޭގެ ގައުމުތަކުގައި ކޮރަޕްޝަން އޮތް މިންވަރު އަންގައިދޭން ޓްރާންސްޕޭރަންސީން ނެރޭ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި) ގައި ކޮރަޕްޝަނާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ކުރިއެރުމެއް ނުލިބޭ ގައުމުތަކުގެ ތެރޭގައި ހަތަރު ވަނަ ފަހަރަށް ރާއްޖެ ހިމެނިއްޖެ އެވެ.
ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް ނެރެނީ އެކި ދާއިރާތަކުގެ ރިޕޯޓްތަކާއި ދިރާސާތައް ބޭނުންކޮށްގެނެވެ. ކޮރަޕްޝަން އިންޑެކްސްގައި ދަށުން މާކްސް ލިބެނީ ކޮރަޕްޝަން އެންމެ ގިނަ ގައުމުތަކަށެވެ. އަދި މަތިން މާކްސް ލިބެނީ ކޮރަޕްޝަން މަދު ގައުމުތަކަށެވެ.
2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ އަހަރު މި ސަރުކާރު އުފެދިގެން އައި ކޮރަޕްޝަން ނައްތާލުމުގެ ސިޔާސަތާއި އެކުއެވެ. ”ކޮރަޕްޝަންއަށް ޒީރޯ ޓޮލޮރޭޝަން“ ސްލޯގަންގެ ދަށުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މި ސަރުކާރުން ކަންކަން ފޮރުވުމުގެ ބަދަލުގައި ގެންގުޅޭނީ ކަންކަން ހާމަކުރުމުގެ ވިސްނުން ކަމަށެވެ. އަދި ކޮރަަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
ޓްރާންސްޕޭރަންސީ ރިޕޯޓުގައި ރާއްޖެއަށް ލިބިފައިވަނީ 29 ޕޮއިންޓެވެ. އެއީ 180 ގައުމުގެ ތެރެއިން 130 ވަނަ އެވެ. 2018 ވަނަ އަހަރަށް ބަލާއިރު 180 ގައުމެއްގެ ކޮރަޕްޝަނުގެ ހާލަތު ގިންތި ކޮށްފައިވާ ރިޕޯޓުން ރާއްޖެ އަށް 31 ޕޮއިންޓުގެ ސްކޯއަކާ އެކު ލިބިފައިވަނީ 124 ވަނައެވެ. އޭގެ ކުރީ އަހަރު ރާއްޖެ އޮތީ 33 ޕޮއިންޓާއި އެކު ލިސްޓުގެ 112 ވަނާގަ އެވެ. އެހެންކަމުން މިހާރު އެވަނީ 18 ދަރަޖަ ދަށަށް ގޮސްފަ އެވެ. މިފަހަރު ސީޕީއައިގައި ރާއްޖެ ހިމެނުނީ 50 ދަށުން ޕޮއިންޓް ލިބުނު ތިންބައިކުޅަ އެއްބައި ގައުމުގެ ތެރޭގަ އެވެ. ކޮރަޕްޝަނާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ރާއްޖެއަށް އެއްވެސް ކުރިއެރުމެއް ނުލިބެ އެވެ.
2016 ގައި 36 ޕޮއިންޓާ އެކު ރާއްޖެ އޮތީ 95 ވަނައިގައެވެ. އަދި 2017 ގައި 33 ޕޮއިންޓާ އެކު ރާއްޖެ އޮތީ 112 ވަނައިގައެވެ. 2019 ވަނަ އަހަރުގެ ނަތީޖާ ނެރުމަށް ރިއާޔަތްކޮށްފައިވަނީ ބައިނަލްއަގްވާމީ ޔިން މަސްދަރަކަށެވެ. އެއީ، ގްލޯބަލް އިންސައިޓް ކަންޓްރީ ރިސްކް ރޭޓިންގްސް (ގައުމުތަކުގެ ހިރާސް މިނާ ދެނެގަންނަ ދިރާސާ) ދުނިޔޭގެ ގައުމުތަކުގައި ޑިމޮކްރަސީގެ ހާލަތު މައުނަވީ ގޮތެއްގައި އޮތް މިންވަރު ދެނެގަތުމަށް ކުރިއަށް ގެންދާ ވެރައިޓީޒް އޮފް ޑިމޮކްރަސީ ޕްރޮޖެކްޓް އަދި ވޯލްޑް ބޭންކުމް ގައުމުތަކުގެ ސިޔާސަތުތަކާއި މުވައްސަސާތަކުގެ ދުޅަހެޔޮކަމުގެ މައްޗަށް އަލިއަޅުވާލާ ތައްޔާރުކުރާ ވޯލްޑް ބޭންކުން ގައުމުގެ ސިޔާސަތުތަކާއި މުވައްސަސާތަކުގެ ދުޅަހެޔޮކަމުގެ މައްޗަށް އަލިއަޅުވާލާ ތައްޔާރުކުރާ ވޯލްޑް ބޭންކު ކަންޓްރީ ޕޮލިސީ އެންޑް އިންސްޓިޓިއުޝަނަލް އެސެސްމެންޓެވެ.
މި އިންޑެކްސް އަށް ބަލާއިރު ގައުމުތަކުގެ ތެރެއިން ކޮރަޕްޝަން އިން ކޮންމެ ވެސް ވަރެއްގެ ކުރިއެރުމެއް ހޯދާފައިވަނީ މެދު އިރުމަތީ ގައުމުތަކެވެ. އޭގެ ތެރޭގައި އެފްރިކާ ބައްރުވެސް ހިމެނެއެވެ. މެދު އިރުމަތީ ގައުމުތަކުން މުޅިއެކު 71 ޕޮއިންޓާއި އެކު އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އެވެ. އޭގެ އިތުރުން ގަތަރަށް 62 ޕޮއިންޓު ލިބިފައިވާއިރު ސީރިއާއަށް ލިބިފައިވަނީ 13 ޕޮއިންޓެވެ. އަދި ޔެމެންއަށް ލިބިފައިވަނީ 15 ޕޮއިންޓެވެ.
ކުރިއެރުން ހޯދި ތިން ގައުމުގެ ތެރޭގައި ގްރީސް، ގުއާނާ އަދި އެސްޓޯނިއާ ހިމެނޭއިރު ވޮޗް ލިސްޓުގައި ހިމެނިފައިވާ ގައުމުތަކަކީ، ސައުދީ އަރަބިއްޔާ އާއި، ކެނެޑާ އަދި އަންގޯލާއެވެ. އަދި އެންމެ ބޮޑު ދަށްވުމެއް ލިބިފައިވަނީ އޮސްޓްރޭލިއާގެ އިތުރުން ކެނެޑާއަށެވެ.
ގައުމުތަކުގައި އިތުރުވަމުން އަންނަ ކޮރަޕްޝަނާއި ގުޅޭގޮތުން ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްގެ ޗެއާ ޑޭލިއާ ފެރެއައިރާ ރޫބިއޯ ބުނެފައިވަނީ ގައުމުތަކުގެ ސިޔާސީ ހަމަޖެހުން ގާއިމް ކުރަންޖެހޭ ކަމަށެވެ. އަދި ސިޔާސީ ބާރުވެރިކަން ދަށްކޮށް ފައިސާގެ ނުފޫޒު ދަށްކުރުމުގެ ގައުމުތަކުގެ އިސްވެރިން މަސައްކަތް ކުރުމަށް އޭނާ ވަނީ ގޮވާލާފައެވެ.
މިފަހަރުގެ ރިޕޯޓުގައި ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްއިން އެންމެ ބޮޑަށް ފާހަގަކުރި އެއް ކަަމަކީ ސިޔާސީ ވެރިންނާއި، އެ ހަރަކާތްތަކާއި ގުޅިފައިވާ ފައިސާގެ ކޮރަޕްޝަނެވެ. އިންތިހާބުތަކުގެ ތެރެއަށް ފައިސާގެ ނުފޫޒު ވަންނަމުން ދާ ކަމަށާއި، އެކަންތައް އެންމެ ބޮޑަށް ދޭހަވަނީ ކާމިޔާބު ގާނޫނުތަކުގެ ސަބަބުން ކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ.
ރާއްޖޭގެ ކޮރަޕްޝަންގެ މައްސަލަތައް 2015 އިން ފެށިގެން ދަނީ ހާމަވަމުންނެވެ. އެގޮތުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތަކީ ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ފަޅާއެރި އެންމެ ބޮޑު ޚިޔާނާތެވެ. އެ ޚިޔާނާތުގައި ދައުލަތަށް ގެއްލުނު އަދަދު މަދުވެގެން ގާތްގަނޑަކަށް 2 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ބެލެވެ އެވެ.

