ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަސްޕެންޝަންގައި ހުރި ހައިކޯޓުގެ ފަނޑިޔާރު ހަސަންގެ މައްސަލަ އަވަސްކޮށްދޭން އެދިއްޖެ

ސަސްޕެންޝަންގައި ހުރި ހައިކޯޓުގެ ފަނޑިޔާރު ހަސަންގެ މައްސަލަ އަވަސްކޮށްދޭން ސުޖާއު އެދިއްޖެ
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ސަސްޕެންޑްކޮށްފައިވާ ހައިކޯޓުގެ ފަނޑިޔާރު ހަސަން އަލީގެ މައްސަލަތައް އަވަސްކޮށް ދިނުމަށް އެދި ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނު އެ ކޮމިޝަނަށް ސިޓީއެެއް ފޮނުއްވައިފިއެވެ.

ޝުޖާއު ޖޭއެސްސީއަށް ސިޓީ ފޮނުވާފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. ފަނޑިޔާރު ހަސަން އާއި ގުޅޭގޮތުން ޖޭއެސްސީ ދަނީ ސުލޫކީ މައްސަލަތަކެއް ބަލަމުންނެވެ. ފަނޑިޔާރު ހަސަން އަލީގެ މައްސަލައެއް ބަލަން ފަށައި، އޭނާ މަގާމުން އެކަހެރިކުރީ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. ހަސަން އާއި ގުޅޭގޮތުން މައްސަލައެއް ބަލަން ފެށީ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަ ބެލުމަށް ރައީސް އުފައްދާފައިވާ ކޮމިޝަންގެ ބަޔާނަކާއި ގުޅިގެންނެވެ.

ރިޔާސީ ކޮމިޝަނުން އާންމުކޮށްފައިވާ ރިލްވާން މައްސަލާގެ ތަހުގީގުގެ ހުލާސާ ރިޕޯޓްގައިވާ ގޮތުން ރިލްވާން ގެއްލުވާލައި އޭނާ މަރާލުމަށްފަހު އޭނާ ސީރިއާއަށް ފުރައިގެން ދިޔަކަން ބަޔަކު މަސައްކަތްކޮށްފައިވެ އެވެ. އަދި އެކަމަށް ދައުލަތުގެ މުއައްސަސާތަކުން ބައެއް ބޭފުޅުން އެހީތެރިކަން ފޯރުކޮށްދީފައިވާކަން ފާހަގަކޮށްފައިވެ އެވެ.

އެ ބަޔަކު އުޅުނީ ރިލްވާން ސީރިއާއަށް ގޮސް ހަނގުރާމާގައި މަރުވީ ކަމަށް ދައްކުވާށެވެ. އޭރު ހަސަން އަލީ ހުންނެވީ އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުގަ އެވެ. ކޮމިޝަންގެ ރިޕޯޓްގައިވާ ގޮތުން ރިލްވާންގެ ޕާސްޕޯޓެއް ހެދުމަށް ހަސަން އަލީ ފުލުހުންގެ އިންޓެލިޖެންސްގެ ދެ ފުލުހަކަށް އިރުޝާދު ދެއްވާފައިވެ އެވެ. އޭނާ ފުލުހަށް ދީފައިވާ ބަޔާނާ ހަވާލާދީ، ކޮމިޝަންގެ ރިޕޯޓްގައިވާ ގޮތުން ދެ ފުލުހަކު ހަސަން އަލީއާ ބައްދަލުކުރީ ރިލްވާންގެ މައްސަލަ ނިމެން އެބަ ޖެހޭ ކަމަށް ބުނެ އެވެ.

ފަނޑިޔާރު ހަސަން އަލީގެ މައްސަލާގެ ތަހުގީގު އަވަސް ކުރުމަށް އިސް ފަނޑިޔާރު ސުޖާއު އުސްމާނު އެދިވަޑައިގެންފައިވާއިރު، އޭނާއާ ގުޅޭ މައްސަލަތަކެއް ވެސް ޖޭއެސްސީއިން ދަނީ ތަހުގީގު ކުރަމުންނެވެ. އިސް ފަނޑިޔާރަކީ ވެސް ތުހުމަތުތަކެއް އަމާޒުވެފައިވާ ފަނޑިޔާރެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: