ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ އަހަރު ނުފުރޭ ކުއްޖާ އަށް އަނިޔާވިތޯ ސުވާލު އުފެއްދި މަދީހާގެ ފޯމު އެމްޑީޕީން ބާތިލު ކުރާނެ ކަމުގެ އިޝާރާތެއް!

ޖިންސީ އަނިޔާގެ ޝިކާރައަކަށް ވި ދެ އަހަރު ނުފުރޭ އަންހެން ކުއްޖާ އަށް އެއްވެސް ގެއްލުމެއް ވި ތޯ ސުވާލު އުފެއްދި މަދީހާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ވެރިކަން ކުރާ މައި ޕާޓޯ އެމްޑީޕީގެ ޕްރައިމެރީގައި ވާދަ ކުރާ ކެނޑިޑޭޓުންގެ ތެރޭގައި ޖިންސީ ފުރައްސާރައާއި، ޖިންސީ ގޯނާގެ ތުހުމަތު ކުރެވިފައިވާ އަދި އެކަމަށް ހިއްވަރުދޭ މީހުންނަށް ޕްރައިމެރީގައި ވާދަ ނުކުރެވޭގޮތް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ޕާޓީއިން ބުނެފިއެވެ.

މިދިޔަ ހަފްތާގެ ކުރީކޮޅު އުމުރުން ދެ އަހަރުވެސް ނުވާ ކުއްޖަކަށް ޖިންސީ ގޯނާކޮށް އެ ކުއްޖާ ރޭޕް ކުރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެއަށްފަހު މިވީ ހަފްތާއެއް ހާ ދުވަހުގެ ތެރޭގައި ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ އެތައް މައްސަލައެއްގެ އިތުރުން މީގެ ކުރިން ތަހުގީގު ނުކޮށް ދޫކޮށްފައި ހުރި އެތައް މައްސަލައެއްގެ ތަހުގީގު ވަނީ އަލުން ފަށާފައެވެ.

ޖިންސީ ފުރައްސާރައިގެ ތުހުމަތުވާ މީހުންނަށް ޕްރައިމެރީގައި ވާދަ ނުކުރެވޭ ގޮތް ހެދުމުގެ މަސައްކަތް އެމްޑީޕީން ފަށާފައިވަނީ ގއ. ކަނޑުހުޅުދޫގެ ހާދިސާގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ދެ އަހަރުގެ ކުއްޖާގެ ބައްޕަގެ އާއިލާއިން ދެއްކި ވާހަކަތަކަކާއި ގުޅިގެންނެވެ. އެ އާއިލާގެ މެމްބަރަކު ވަނީ ރާއްޖޭގެ އޮންލައިން މީޑިއާއަކަށް އިންޓަވިއެއްދީ ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައަކީ ”ހަދަހަދައިގެން“ ދައްކާ ވާހަކަތަކެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި ބަޔަކު އެ ކުއްޖާ ރޭޕް ކުރި ނަމަ އެ އެހާ އުފަލުގައި ކުއްޖާ ހުރީސްތޯ ބުނެ އެތައް ވާހަކައެއް އޭނާ އެ މީޑިއާއަށް ވަނީ ބުނެފައެވެ. އަދި ޖިންސީ އަނިޔާގެ ޝިކާރައަކަށް ވި ދެ އަހަރު ނުފުރޭ އަންހެން ކުއްޖާ އަށް އެއްވެސް ގެއްލުމެއް ވި ތޯ ސުވާލު އުފައްދާ، އެހާ އަވަހަށް ހޮސްޕިޓަލުން ދޫކޮށްލީ ކީއްވެގެންތޯ ބުނެ ވާހަކަވެސް އޭނާ ދެއްކިއެވެ.

https://twitter.com/AnushaLatheef/status/1220212227237609474

ކުޑަ ކުއްޖާ އަށް ޖިންސީ ގޯނާކުރި މައްސަލައިގައި، އެ މީޑިއާއަށް މަދީހާ ވަނީ، ”ދެ އަހަރުގެ ކުއްޖަކު ތިން ފިރިހެނަކު ވެގެން ރޭޕްކުރި ނަމަ އެ ކުއްޖާ ދުވެދުވެ އުޅޭނެ ހެއްޔޭ“ ބުނެ ސުވާލު އުފައްދާފަ އެވެ. ކުއްޖާ އަށް މާ ބޮޑުވަރު ވި ނަމަ ދުނިޔޭގެ އޮންނާނެތޯ ވެސް ބުނެފައި ވެއެވެ.

މި ވާހަކަތައް ދެއްކި މީހަކީ ކުއްޖާގެ ބައްޕަ ފަރާތު އާއިލާ މެމްބަރެއް ކަމަށްވާ، މަދީހާ އަބްދުﷲއެވެ. އޭނާ ވަނީ ކަނޑުހުޅުދޫ ކައުންސިލްކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރުމަށް ފޯމު ހުށަހަޅާފައެވެ. އޭނާ ދެއްކި ވާހަކަތަކާއި ގުޅިގެން ގުޅިގެން އާއްމުން ވަނީ އޭނާގެ ކެނޑިޑެސީ ބާތިލު ކުރުމަށް އެމްޑީޕީއަށް ގޮވާލާފައެވެ. އަދި މަދީހާގެ ފޯމު ބާތިލުކުރުމަށް އެމްޑީޕީ މީހުންވެސް ވަނީ ގޮވާލާފައެވެ. މުޅި ރަށެއްގެ ރައްޔިތުން ތަމްސީލްކުރާ ކައުންސިލްގައި އެފަދަ ދަށްފެންވަރުގެ ވިސްނުން ހުރި މީހަކު ހުރެގެން ނުވޭނެ ކަމަށް ވެސް ގިނަ މީހުން ދަނީ ބުނަމުންނެވެ.

ކުއްޖާ އަށް އަނިޔާ ލިބުނުތޯ ސުވާލު އުފައްދައި މަދީހާ ވާހަކަ ދެއްކި އިރު، އެ ކުއްޖާ އަށް އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ ކާފަ އާއި މުނި ކާފަގެ ފަރާތުން ކަނޑުހުޅުދޫގެ އެހެން ކުދިންނަށް އެ ބިރު ކުރިމަތިވެފައިވެ އެވެ. އަދި ރަށުގެ އެހެން ކުދިންނަށް ވެސް އެ ފުރައްސާރަ ކުރިމަތިވެފައިވާކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވއެވެ. ކުއްޖާގެ މުނި ކާފަ މީގެ ތިން އަހަރު ކުރިން ޖިންސީ ގޯނާކުރި 5 އަހަރުގެ ކުޑަކުއްޖެއްގެ ވާހަކަ އޮންލައިން ނޫހެއް ކަމަށް ވާ ”މިހާރު“ އިން ވަނީ ގެނެސްދީފައެވެ. އަދި އެ ކުއްޖާއަށް ކުރިމަތިވީ ނަފްސާނީ ކަންތައްތައް ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ޖިންސީ ގޯނާކުރި ކަމުގެ ރެކޯޑު މުއައްސަސާތަކުގައި އޮވެ އޭނާ ދޫކޮށްލާފައި ހުރި އިރު، އޭނާ ދޫކޮށްލާފައި ބެހެއްޓީ އުމުރަށް ބަލާފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: