ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުތުރުގެ ރަށެއްގައި ތިން މީހަކުވެގެން 17 އަހަރުގެ ކުއްޖަކު ގޭންގް ރޭޕްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އުތުރުގެ ރަށެއްގައި ތިން ފިރިހެނުންގެ ގުރޫޕަކުން އުމުރުން 17 އަހަރުގެ އަންހެންކުއްޖަކު ރޭޕްކުރި މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

މި ހާދިސާގެ މައުލޫމާތުތައް ހާމަކޮށް ފުލުހުން ބުނެފައިވަނީ ގޭންގް ރޭޕް ހިންގީ ބުދަ ދުވަހުގެ ރޭ 8:15 ހާއިރު ކަމަށެވެ. ފުލުހުން ބުނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތައް ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ބަލާ ކަމަށެވެ. ކުއްޖާގެ ހިމާޔަތަށްޓަކައި އެ ކުއްޖާގެ އަތޮޅާއި ރަށް ފުލުހުން ހާމައެއް ނުކުރެ އެވެ.

މިދިޔަ ހަފްތާގެ ކުރީކޮޅު އުމުރުން ދެ އަހަރުވެސް ނުވާ ކުއްޖަކަށް ޖިންސީ ގޯނާކޮށް އެ ކުއްޖާ ރޭޕް ކުރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެއަށްފަހު މިވީ ހަފްތާއެއް ހާ ދުވަހުގެ ތެރޭގައި ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ އެތައް މައްސަލައެއްގެ އިތުރުން މީގެ ކުރިން ތަހުގީގު ނުކޮށް ދޫކޮށްފައި ހުރި އެތައް މައްސަލައެއްގެ ތަހުގީގު ވަނީ އަލުން ފަށާފައެވެ.

މި މައްސަލައިގައި ކުއްޖާގެ މުނި ކާފަ އާއި ކާފަ ހައްޔަރުކޮށްފައިވާއިރު އިހުމާލުގެ ތުހުމަތުކޮށް ކުއްޖާގެ ބައްޕަވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައެވެ. އަދި އެ ތިން މީހުންގެ ބަންދަށް ވެސް 15 ދުވަސް ވަނީ ޖަހާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: