ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤާސިމްގެ ތައުރީފު ސިފައިންނާއި ފުލުހުންނަށް ބަންޑުންކޮށްލައިފި!

ޖޭޕީގެ ލީދަރު ޤާސިމް އިބްރާޙިމް --- ފޮޓޯ: މީސްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތްކުރާ ފުލުހުންނާއި ސިފައިންގެ ކުރި މައްޗަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމްގެ ތައުރީފުގެ ބަސްތައް ބަންޑުންކޮށްލައިފިއެވެ.

ޤާސިމް ސިފައިންނާއި ފުލުހުންނަށް ތައުރީފްކޮށް ވާހަކަދައްކަވާފައި ވަނީ މިހާރު ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ނުރައްކާތެރި ކޮރޯނާ ވައިރެހާއި ގުޅިގެން ސިފައިންނާއި ފުލުހުން ކުރަމުންދާ މިންނެތް މަސައްކަތްތަކާ ގުޅުވައިގެންނެވެ.

އެގޮތުން، ޤާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ގައުމަށް ނުރައްކަލެއް ކުރިމަތިވާ ކޮންމެ ދަނޑިވަޅެއްގައި އަމިއްލަ ނަފްސަށްވުރެ ގައުމު އިސްކޮށް، ވާޖިބު އަދާކުރުމަށް އެންމެ ފުރަތަމަ ނިކުންނަނީ ދިވެހި ސިފައިންނާއި، ފުލުހުން ކަމަށެވެ.

”އަޅުގަނޑުގެ ހިތުގެ ލޯތްބާއި، އިހުތިރާމާއި، ޝުކުރު އަބަދުވެސް ވާނީ ސަލާމަތީ ބާރުތަކާއި އެކު“ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަދި ފުލުހުން ޓެގް ކުރައްވައި ޤާސިމް ކުރެއްވި ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

ކޮރޯނާ ވައިރެހަށް ޝައްކު ކުރެވޭ މީހަކު ރާއްޖެއިން ފެނުމާއި ގުޅިގެން އޭނާ ކަރަންޓީނު ކުރުމަށް ސިފައިން އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ސިފައިންނަށް ތައުރީފް ކުރަމުންނެވެ.

https://twitter.com/qasimibrahim/status/1223182405944541184

ކޮރޯނާވަ އިރަސް އަށް ޝައްކު ކުރެވޭ އުމުރުން 20 އަހަރުގެ ދިވެހި ޒުވާނާ ކަރަންޓީން ކޮށްފައި ވަނީ މާލެ ކައިރީ އޮންނަ އެސްޓީއޯގެ ތެޔޮ ރައްކާކުރާ ރަށް، ފުނަދޫގައެވެ. އޭނާގެ ޓެސްޓްތައް ހަދަން މިހާރު ވަނީ ލޭގެ ސާމްޕަލް ރާއްޖެ އިން ބޭރަށް ފޮނުވާފައެވެ. ބެލެވޭ ގޮތުގައި ޓެސްޓްގެ ނަތީޖާ ލިބޭނީ މާދަމާގެ ވަގުތެއްގައެވެ.

އޭނާ ކަރަންޓީނު ކުރުމަށް އެހީތެރިވި ސިފައިންނަށް ވަނީ ހެލްތު މިނިސްޓަރ އަބްދުﷲ އަމީންގެ އިތުރުން، ޗީފް އޮޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލްގެ އިތުރުން ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީވެސް ޝުކުރު އަދާކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: