ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރުމަވެރިޔާ ހިޝާން ފުރަން އުޅެނިކޮށް ފުލުހުން ހިފަހައްޓައިފި!

ކުރީގެ ޑިސްއެބިލިޓީ އެމްބެސެޑަރު، ދަރުމަވެރިޔާ އަޙުމަދު ހިޝާން
ޝެއާރކޮށްލާ ކަހަލަދޯ؟

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)އިން ފުރަން ތައްޔާރުވެފައި އޮތް ފުލައިޓަކަށް ފުލުހުން އަރައި، ކުރީގެ ޑިސްއެބިލިޓީ އެމްބެސެޑަރު، ދަރުމަވެރިޔާ އަޙުމަދު ހިޝާން ބާލުވައިފިއެވެ.

ހިޝާން ބޭލުވީ މިރޭ ސްރީލަންކާއަށް ފުރަން ތައްޔާރުވެފައި އޮތް ސްރީލަންކަން އެއާލައިންގެ ފްލައިޓަކުންނެވެ.

ފުލައިޓުން ހިޝާން ބޭލުވިކަމަށް އަޑުފެތުރިފައި ވީނަމަވެސް ފުލުހުން އެކަމާއި ގުޅިގެން އެއްވެސް އެއްޗެއް ނުބުނެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ ހިޝާން ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށްފައި ވަނީ އޭނާއާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ. އެކަމަކު އެއީ ކޮން މައްސަލައެއްކަމެއް ނުބުނެ އެވެ.

ހިޝާން އިއްޔެ ކުރި ޓުވީޓެއްގައި ބުނެފައި ވަނީ އިޖުތިމާއީ ދާއިރާގެ މަސައްކަތުގައި 18 އަހަރު އޭނާ ކުރި މަސައްކަތުގެ ހަދިޔާ ލިބުނީ ބިރުދެއްކުންތަކާއި އިންޒާރުތަކުން ކަމަށެވެ. އެވަރުން ފުދިއްޖެ ކަމަށާއި މިހާރު ބޭނުންވަނީ ރާއްޖެ ދޫކޮށްދާން ކަަމަށް ވެސް ލިއެފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: