ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭއެސްސީގެ އިދާރީ މަސައްކަތްތައް ސަކީނާ މަންޒިލަށް!

ޖޭއެސްސީގެ ނަންބޯޑު
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ އިދާރާ ހެންވޭރު ސަކީނާ މަންޒިލަށް ބަދަލު ކޮށްފި އެވެ.

ޖޭއެސްސީން ބުނީ ކުރިން ތީމުގޭގައި ހިންގަމުންދިޔަ އެ ކޮމިޝަންގެ އިދާރާ އިއްޔެއިން ފެށިގެން ހިންގަމުން ދާނީ ސަކީނާ މަންޒިލްގައި ކަމަށެވެ. އަދި ކޮމިޝަންގެ މަސައްކަތްތައް ދެން ކުރިއަށްދާނީ އެ އިމާރާތުގައި ކަމަށެވެ.

ޖޭއެސްސީ ބަދަލު ކޮށްފައި ވަނީ ކުރިން މައި ކޮލެޖް ހިންގި އެ އިމާރާތުގެ ގްރައުންޑް ފްލޯއަށެވެ.

މައި ކޮލެޖުގެ ކިޔެވުން މިއަހަރު ފެށުނު އިރު ވަނީ މާވެޔޮ މަގާއި ގުޅޭ ގޯޅިގަނޑެއްގައި ހުރި އިމާރާތަކަށް ބަދަލުކޮށްފައެވެ. އެއާއެކު ސަކީނާ މަންޒިލްގައި މައި ކޮލްޖު އެޑްމިނިސްޓްރޭޝަން، ސްޓޫޑެންޑް ސަޕޯޓް އަދި މާކެޓިންގެ ކަންކަން ކުރިއަށްދިޔަ ގްރައުންޑް ފްލޯ ވަނީ ހުސްވެފައެވެ.

ސަކީނާ މަންޒިލްގައި ގިނައިން ހިންގަމުންދަނީ އަމިއްލަ ފަރާތްތަކުގެ ވިޔަފާރިތަކާއި ގުޅުންހުރި އޮފީސްތަކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: