ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުސޫލު ފުރިހަމަ ކުރުމަށް ޗައިނާއިން އައި ދެ ދިވެއްސަކު އެކަހެރިކޮށްފައި!

ޗައިނާއަށް ދަތުރުކުރި ދެ ދިވެއްސަކު ކަރަންޓީން ކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ފާއިތުވި 14 ދުވަހުގެ ތެރޭގައި ޗައިނާ އަށް ދަތުރުކުރުމަށް ފަހު، އެހެން ގައުމަކުން ރާއްޖެއަަށް އެނބުރިއައި ދެ ދިވެއްސަކު އެކަހެރިކޮށް އެމީހުންގެ ހާލަތު ބަލަމުން އަންނަ ކަަމަށް ސަރުކާރުން އެކުލަވާލާފައިވާ ޓާސްކްފޯހުގެ މެމްބަރު އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ގާތްގަނޑަކަށް 11 މިލިއަންގެ އާބާދީއެއް އޮންނަ ޗައިނާގެ ވޫހާންއިން ފުރަތަމަ ފެނުނު މި ވައިރަހަކީ ގައިން ގަޔަށް އަރާ ވައިރަހެއް ކަމަށް ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ. އަދި ނިއުމޯނިއާގެ އަލާމާތްތައް ހުންނަ މި ބަލީގެ ސަބަބުން މިހާތަނަށް ބައެއް މީހުން ހާލަތު ވަނީ ސީރިއަސް ވެފައެވެ.

މިދިޔަ މަހުން ފެށިގެން ޗައިނާގެ ވުހާން ސިޓީގައި ފެތުރެމުންދާ ވައިރަހާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް ވަނީ ބަޔާނެއް ނެރެ، ރާއްޖެ އަށް ވެސް އެ ބަލި އައުމުގެ ފުރުސަތު އޮތުމުން، ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ލަފާދީފައިވާ ގޮތުގެ މަތީން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ބުނެފައެވެ.

ޗައިނާއިން އުފަންވެގެން ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވުނު ކަރަންޓީން ކުރި މީހުންގެ ޓެސްޓުތައް ވަނީ ނެގެޓިވްއެވެ. އޭގެ ތެރޭގައި ހިމެނޭ ހަތަރު މީހުންނަކީ، ޗައިނާއިން އެނބުރިއައި މީހުންނެވެ. އަދި އެކަކު އެއީ ކޮރޯނާ ފެތުރުނު އެއް ސިޓީގައި ދިރިއުޅުމަށްފަހު އެނބުރި މާލެ އައި މީހެކެވެ.

ޗައިނާގެ ވޫހާން އިން ފެނިގެން އުޅޭ ނޮވެލް ކޮރޯނާވައިރަސް ފެތުރޭތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ސަރުކާރުން އެކުލަވާލާފައިވާ ޓާސްކްފޯހުގެ ފަރާތުން ރައީސް އޮފީހުގައި ބޭއްވި ޕްރެސްގައި އަލީ ވަހީދު ވިދާޅުވީ ޗައިނާ އަށް ދަތުރުކޮށްފައިވާ ދެ ދިވެހިންގެ ބަލީގެ އެއްވެސް އަލާމާތެއް ނެތް ކަމަށެވެ. އެހެން ނަމަވެސް، އަމަލު ކުރަންޖެހޭ އުސޫލުގެ ދަށުން ވަކި މުއްދަތެއް ހަމަވަންދެން އެ މީހުން ފަރުކޮޅުފުށީގައި އެކަަހެރިކޮށްގެން ބަލަހައްޓަމުން ގެންދަނީ ކަމަށެވެ.

”ޗައިނާއިން އައުޑްބައުންޑް ވެފައިވާ ހިސްޓްރީއެއް އޮތީމަ އަޅުގަނޑުމެން ފަރުކޮޅުފުށީގައި ދެ ދިވެހިން ބަލަހައްޓަމުން އެބަ ގެންދަން. އެއީ އެއްވެސް ހާލެއްްގައި، ބަލީގެ އަލާމާތެއް އެކަހަލަ ކަމެއް އޮވެގެނެއް ނޫން،“ އަލީ ވަހީދު

މި ދެ މީހުންވެސް ބައްޔަށް ޓެސްޓު ނުކުރާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އަދި އޭގެ ސަބަބަކީ އެ މީހުންގެ ބަލީގެ އެއްވެސް އަލާމާތެއް ފެންނާން ނެތުމުން ކަމަށެވެ.

އައްޑޫ ގަން އެއާޕޯޓްގައި ވެސް މިހާރު ހަރުކޮށްފައި ހުންނާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ވެސް ހުރި ފެންވަރުގެ ކެމެރާތައް ކަން އަލީ ވަހީދު ފާހަގަކުރެއްވިއެވެ. އަދި އެއާޕޯޓްތަކުގައި މިހާރު ހަރުކޮށް ބޭނުންކުރަމުންް އަންނަ ކެމެރާތަކުގެ އިތުރުން، އިތުރަށް ބޭނުން ވެއްޖެ ނަމަ ބޭނުންކުރާނެ ބެކަޕް ހުންނާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. ސްކްރީންކުރުމުގެ ކަންތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ރާއްޖެ އަށް އެތެރެވާ މީހުންގެ އިތުރުން ޑޮމެސްޓިކްް އެއާޕޯޓްތަކަށް ދަތުރުކުރާ މީހުން ވެސް ސްކްރީން ކުރުމުގެ މަސައްކަތް އެއާޕޯޓުގައި ވަނީ ފަށާފައެވެ.

ރާއްޖެއަށް އެކި ގޮތްގޮތުން އެތެރެވާ ފަތުރުވެރިންގެ ތެރޭގައި ކްރޫޒްލައިނާތަކުން އަންނަ މީހުންވެސް ހިމެނެއެވެ. އެކަމަށް އިޝާރާތް ކުރައްވަމުން އަލީ ވަހީދު ވިދާޅުވީ ކަނޑުމަގުން ކްރޫޒްލައިނާތަކުގައި ރާއްޖެ އަށް އަންނަ މީހުން ސްކްރީން ކުރުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާ ކަމަށެވެ. އަދި ސްކްރީން ނުކުރެވި ރާއްޖެ އަށް އެއްވެސް މީހަކު އެތެރެ ނުވާނެ ކަމަށެވެ.

”ރާއްޖެ އަށް އަންނަން ޝެޑިއުލްވެފައި ހުރި ކްރޫޒްލައިނާތަކުގެ މެނިފެސްޓް ވެސް އަަޅުގަނޑުމެން މިދަނީ ބަލަމުން. އޭގައި އަޅުގަނޑުމެން ޔަގީންކުރާނަން މި ދެންނެވި ސާކިއުލާތަކާ އެއްގޮތަށް ޗައިނާއަށް ދަތުރުކޮށްފައި ހުރި އެއްވެސް ފަތުރުވެރިއަކު ނެތްކަން،“ އަލީ ވަހީދު

ކޮރޯނާ ވައިރަސް ދުނިޔޭގެ އެކި ގައުމުތަކަށް ފެތުރި، މި ވައިރަސްގެ ސަބަބުން ޗައިނާގެ 565 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ބަލީގައި ރަނގަޅުވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު، މިހާރު އެ އަދަދު ހުރީ 1383 ގައެވެ. އަދި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 28،349 އަށް ވުރެ މަތިވެފަ އެވެ. ނަމަވެސް، އޭގެ ތެރެއިން ކްރިޓިކަލް ކަމަށް ނުވަތަ، ހާލު ދެރަކަމަށް ދައްކަނީ 3،868 މީހުންނެވެ. އަދި މިއަދުގެ ވަގުތެއްގައި ޗައިނާ ނޫން އެހެން ގައުމެއްގެ މީހެއް މި ވައިރަސްގެ ސަބަބުން ފަރުވާ ދެމުންދަނިކޮށް މަރުވިއެވެ. އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ވައިރަސް ޖެހުނު މީހުންގެ ތެރެއިން ފަރުވާ ދެވި، 380 އެއްހާ މީހުން ވަނީ އެކީ ރަނގަޅުވެފައެވެ. އޭގެ ތެރޭގައި ލަންކާއިން ކޮރޯނާއަށް ޕޮޒިޓިވްވެ ފަރުވާ ދެމުން ދިޔަ މީހާވެސް ހިމެނެއެވެ.

ކޮރޯނާ ވައިރަސްގެ އެންމެ ފަހުގެ މައުލޫމާތު، މިއަދުގެ އިރުއޮއްސުމާއި ހަމައަށް

ޗައިނާ މީހުން ރާއްޖެ އެތެރެކުރުން ހުއްޓާލުމަށް ގޮވާލަމުންދަނިކޮށް، ސަރުކާރުން ވަނީ ޗައިނާއިން ރާއްޖެއަށް، އަދި ރާއްޖެއިން ޗައިނާއަށް ކުރާ ޑައިރެކްޓު ދަތުރުތައް ހުއްޓާލާފައެވެ. އެއަށްފަހު އަނެއްކާވެސް ރާއްޖެއިން އަޅާފައިވާ ފިޔަވަޅަކީ ޗައިނާގެ ރައްޔިތުންނާއި ޗައިނާއަށް ގޮސް އަންނަ އެއްވެސް މީހަކަށް ރާއްޖެ އެތެރެނުވެވޭ ގޮތަށް މަނާކުރުމަށެވެ. އެއީ ޗާޓަރު ފްލައިޓެއްގައި ވެސް ނާދެވޭ ގޮތަށެވެ. ނަމަވެސް މި މަނާވުން ޗައިނާގައި މިހާރު ތިބި ދިވެހިންނަށް ނޯންނާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: