ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަލްސާއަށް މީހުން ނައުމާ ގުޅިގެން ދެއްކޭނެ ބަހަނާއެއް ނެތް: ނަޝީދު

އެމްޑީޕީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީން ޖަލްސާ އަށް މީހުން މަދުވުމުގައި ދައްކާނެ ބަހަނާއެއް ނެތް ކަމަށް ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕޭން ފެށުމަށް ހުކުރު ދުވަހުގެ ރޭ މާލޭގައި އެމްޑީޕީން ބޭއްވި ”ރަށްވެހި ފަތިސް“ ޖަލްސާ އަށް ފިނި ތަރުހީބެއް ލިބިފައިވަނިކޮށް ކުއްލި ގޮތަށް އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ ޖަލްސާއަށް ލިބުނު ފިނި ތަރުޙީބު ބަލައިގަންނަ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ޖަލްސާއަށް ދިޔަ މީހުންގެ އަދަދު މަދުވެގެންދިޔައީ ރައްޔިތުންގެ އުއްމީދުތަކުގައި މި ސަރުކާރަށް ކުލަ ޖައްސައި ނުދެވުމުން ކަމަށެވެ. އަދި އެމްޑީޕީގެ އަމާޒަކީ އެ ޕާޓީގެ ކެންޑިޑޭޓުންނާ ރައްޔިތުން މަޝްވަރާކޮށް، މައްސަލަތައް ސަރުކާރާ ހަމައަށް ގެންގޮސް އެކަމަށް ހައްލު ހޯދުމަށް މަސައްކަތް ކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޖަލްސާއަށް މީހުން ނުދިޔަ އެންމެބޮޑު އެއް ސަބަބެއް ކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެށި، ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބޭ 7،000 މީހުންގެ ނަމަށް ވާނެ ގޮތް ސާފުނުވުމެވެ.

”އަޅުގަނޑުމެން ވެސް ބަލައިގަންނަން މާލޭގެ ރައްޔިތުން ބޭނުންވާ މިންވަރަކަށް އެމީހުންގެ ހުވަފެންތަކުގައި ކުލަ ޖެހިފައެއް މި ސަރުކާރުގައި ނެތް. އެމީހުންގެ އުންމީދުތައް އޮތީ ވެސް އަޅުގަނޑުމެންނާ އެކު، އަޅުގަނޑު ދެކޭގޮތުގައި މާލޭގައި މިއަދު ޝަކުވާތައް އެބަހުރި. އެހެން ނަމަވެސް އަޅުގަނޑު ދެކޭގޮތުގައި މާލޭ ރައްޔިތުންނަށް ވަރަށް ސާފުވާނެ އެ ޝަކުވާ ބަންނަން ހަމަ އަންނާން ވީވެސް އަޅުގަނޑުމެން ކައިރިއަށް ކަން. އަޅުގަނޑުމެންކަން އެ ޝަކުވާއަށް ހައްލެއް ހޯދައިދޭނީ ވެސް“ ރައީސް ނަޝީދު ވިދާޅުވިއެވެ.

އޭގެ އިތުރުން ވެށިފަހި މަޝްރޫއު އާއި މާލޭގެ މަގުތަކުގެ މައްސަލައަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އަދިވެސް ހައްލެއް ހޯދައި ނުދެވުމަކީވެސް ސަބަބެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެޕާޓީން އެންމެބޮޑު އިސްކަމެއް ދިނީ ޝަރުއީ ދާއިރާ އިސްލާހުކުރަން ކަމަށެވެ. އެހެން ވައުދުތައް ކުރިއަށް ގެންދާނީ އޭގެ ފަހުންކަން މުވައްޒަފުންނަށް އެނގޭނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ސިޔާސީ ޕާޓީއެއްގައި އަބަދުވެސް އިތުރަށް ރަނގަޅު ކުރަންޖެހޭ ކަންތައްތައް ހުންނާނެ ކަމަށާއި އެއީ ޕާޓީގެ އެތެރޭގެ އިންތިޒާމުގެ ތެރެއިން ޕާޓީން ހަމަޖައްސަމުން ރަނގަޅު ކުރަމުން ގެންދާ ކަންތައްތައް ކަމަށެވެ.

ޖަލްސާގައި ބައިވެރިވާން ނުކުތް މީހުންގެ އަދަދު މަދު ނަމަވެސް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީ ކައުންސިލްގެ ހުރިހާ ގޮނޑިއެއް އެމްޑީޕީން ނަގާނެ ކަމާމެދު ޝައްކު ނުކުރައްވާކަމަށް އެ ޕާޓީގެ ރައީސް ނަޝީދު ވިދާޅުވިއެވެ.

ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާ އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދު ބައިވެރިވި ޖަލްސާތަކުގެ ތެރެއިން މި ފަހުގެ ތާރީޚެއްގައި އެންމެ މަދުން މީހުން ބައިވެރިވި ޖަލްސާއެވެ.

މާލޭގައި އެކަނިވެސް އެމްޑީޕީގެ 35،000 އަށް ވުރެ ގިނަ ސަޕޯޓަރުން ތިބި އިރު ސަޕޯޓަރުންގެ ތަރުހީބެއް ނުލިބި ޖަލްސާ ނިންމާލަން ޖެހުނު ފަހަރަކީވެސް މިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: