ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޯޓް ކަރުދާހުގެ ސަބަބުން އިންތިޚާބު ގަޑުބަޑުވުން ބޮޑު: ޝުޖާއު

ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ކައުންސިލް އިންތިޚާބުގައި ބޭނުންކުރާ ވޯޓް ކަރުދާސްތައް ތައްޔާރުކޮށްފައި ހުރިގޮތުން އިންތިޚާބު ގަޑުބަޑުވެ އޮޅުވާލުމުގެ ފުރުސަތު ބޮޑުކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބުގައި ބޭނުންކުރަން ތައްޔާރުކުރާ ވޯޓްކަރުދާހުގެ ސަބަބުން އިންތިޚާބު އޮޅުވާލުމުގެ ފުރުސަތު ބޮޑުވުމުގެ އިތުރުން އެތައް ރައްޔިތުންނެއްގެ ޙައްޤުތައް ގެއްލިގެންދާނެ ކަމަށެވެ.

މިފަހަރުގެ އިންތިޚާބުގައި ވޯޓް ކަރުދާސްކޮޅު ތައްޔާރުކޮށްފައިވަނީ، އަތޮޅު ކައުންސިލުގެ ރައީސާއި، ރަށު ކައުންސިލުގެ ރައީސާ އަދި ރަށު ކައުންސިލަށް ވާދަކުރާ ކެންޑިޑޭޓުންގެ ނަން އެއް ކަރުދާސްކޮޅެއްގައި ހިމެނޭ ގޮތަށެވެ. އަދި ސިޓީތަކުގެ ވޯޓްކަރުދާހުގައި، މޭޔަރަށް ވާދަކުރައްވާ ކެންޑިޑޭޓުންނާއި، ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަން ހިމެނޭނީ އެއް ކަރުދާކޮޅެއްގައެވެ.

ކުރިއާ ޚިލާފަށް މިފަހަރު ވޯޓް ކަރުދާސް ގުނާ ގޮތަށްވެސް ބަދަލުތަކެއް އައިސްފައިވެއެވެ. މިފަހަރު ވޯޓް ގުނާއިރު، ވަކިވަކި ކަރުދާސްކޮޅުތައް އެތުރުމުގެ ބަދަލުގައި، ވޮޓް ގުނުމަށް ހަމަޖެހިފައިވަނީ ޓެލީކޮށްގެންނެވެ.

ޝިޖާއު ވިދާޅުވީ ވޯޓް ކަރުދާސް މިހާރު ބޭނުންކުރަން ނިންމާފައިވާ ގޮތާއި ކަންބޮޑުވުން ފާޅުކޮށް އިލެކްޝަންސް ކޮމިޝަނުން އެކުލަވާލާފައިވާ އެޑްވައިޒަރީ ކޮމިޓީގައި އެވާހަކަތައް ދައްކާފައިވާނެ ކަމަށެވެ. އަދި މިހާރު އޮތް ގޮތަށް އެކަން ކުރުމަށް ޕީޕީއެމް ޕީއެންސީން އެއްބަސްވެފައި ނުވާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން އެކުލަވާލާފައިވާ ކޮމިޓީގައި ހުރިހާ ފަރާތަކަށްވެސް އޮތް ފުރުސަތަކީ ޚިޔާލުތައް ހުށަހެޅުން ކަމަށެވެ. ނަމަވެސް އެ ޚިޔާލުތަކަށް ބިނާކޮށް ގޮތް ނިންމަނީ އެކޮމިޝަނުން ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ އެގޮތަށް ވޯޓް ކަރުދާސް ތައްޔާރުކުރަނީ ޤާނޫނަށް ގެނެސްފައިވާ އިސްލާހުގެ ސަބަބުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ކަމަށެވެ.

”އަޅުގަނޑުމެންނަށް ދެވެނީ ޚިޔާލު އެކަމަކު ގޮތް ނިންމަނީ ކޮމިޝަނުން. އަޅުގަނޑުމެން މިހާރު އޮތް ގޮތަކަށް އެއްބަހެއް ނުވަން ނުވެސް ވާނަން. އެވާހަކަ ދެންނެވީމާ ކޮމިޝަނުން ވިދާޅުވީ ތީ ޤާނޫނު ހަދާ މަޖިލީހުން ކުރަންޖެހޭ ކަމެކޭ، ޤާނޫނާއި އެއްގޮތަށޭ އެކަންކޮށްފަ އެވަނީ، އެހެންވީ ފުރަތަމަ މިހަދަނީ ދޯހަޅި ގާނޫނެއް ނޫންތޯ.“ ޝުޖާއު ވިދާޅުވިއެވެ.

މީގެ އިތުރުން ޝުޖާއު ވިދާޅުވީ ލޯކަލް އިންތިޚާބުގައި ގޮތްނޭނގޭ ކަންތައްތަކެއް ހިނގައިފާނެ ކަމުގެ ޝައްކުތަކެއް ޕީޕީއެމަށް ކުރެވޭ ކަމަށެވެ. އެހެންވެ، ވޯޓުލާ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ޕީޕީއެމްގެ އެންމެން ވޯޓުލައި ނިންމުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި، ލޯކަލް އިންތިޚާބު ވަރަށް ގާތުން ބަލަންޖެހޭ އެވެ. ޚާއްސަކޮށް ވޯޓުފޮށިތައް ވަރަށް ގާތުން ބަލަންޖެހޭ ކަމަށް އޭނާ ވިދަޅުވި އެވެ. އޭގެ ސަބަބެއް ކަމަށް ވިދާޅުވެ، ޝުޖާއު ކުރީ އޮޅުވާލައި، ވައްކަން ކޮށްފާނެ ކަމުގެ ތުހުމަތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: