ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ތަހުގީގު ކުރަމުން ދަނިކޮށް އެ ފަނޑިޔާރަކު ރިޓަތަރ ކުރެއްވި ނަމަވެސް ރިޓަޔާރ ކުރައްވާ ފަނޑިޔާރުންނަށް ދައުލަތުން ދޭން ޖެހޭ އިނާޔަތާއި ރަްކާތެރިކަން ދޭން ނުޖެހޭ ގޮތަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ކަނޑައަޅައިފިއެވެ.
އުމުރުން 55 އަހަރުވުމުން އަމިއްލަ އަށް އެދިގެން ނުވަތަ ސިއްހީ ސަބަބުތަކަށްޓަކައި މަގާމުން ރިޓަޔާ ކުރާ ފަނޑިޔާރުންނަށް އިނާޔަތް ދިނުމުގެ ގަވާއިދު، ކުރިން އޮންނަ ގޮތުން ފަނޑިޔާރުންގެ ގާނޫނުގެ ދަށުން އަމިއްލަ އަށް އެދިގެން ނުވަތަ ސިއްްހީ ސަބަބުތަކަށްޓަކައި ޖޭއެސްސީން ރިޓަޔާ ކުރަން ނިންމާ ބޭފުޅުންނަށް އިނާޔަތްތައް ހަމަޖައްސައިދެ އެވެ.
ނަމަވެސް، އެ ގަވާއިދަށް ގެނައި އިސްލާހުގައިވާ ގޮތުން، ރިޓަޔާ ކުރައްވަން އެދިވަޑައިގަންނަވާ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަމުންދާ ނަމަ ނުވަތަ އެފަދަ މައްސަލައެއް އެ ކޮމިޝަނަށް ހުށަހެޅިފައިވާ ނަމަ، އެ ފަނޑިޔާރަކަށް އިނާޔަތް ހަމަޖައްސައެއް ނުދެވޭނެ އެވެ.

