ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ މައްސަލަ: ހޮސްޕިޓަލުން ޖަލަށް ގެންދިޔައީ މިއަދު، އަނެއްކާ މާދަމާ ޝަރީއަތް!

ރައީސް ޔާމީންގެ އިސްތިއުނާފީ އަޑުއެހުމެއް މާދަމާ! - ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމުގައި ހުންނަވައިގެން މަނީ ލޯންޑާރ ކުރެއްވިކަމަށް ކުށް ސާބިތުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް އިއްވާފައިވާ ފަސް އަހަރު ދުވަހުގެ ހުކުމުގެ އިސްތިއުނާފީ ޝަރީއަތުގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފިއެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމް ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ. މައްސަލަ ހުށަހަޅާފައިވަނީ ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލައިގައި ހައިކޯޓުން ވަކިގޮތެއް ނިންމަން ދެން ކަފާލާތުގެ ދަށުން އެމަނިކުފާނު މިނިވަން ކުރުމަށާއި ދަށު ކޯޓުގެ ހުކުމަށް އަމަލު ކުރުން ފަސް ކުރުމުގެ އަމުރަކަށެވެ.

ޔާމީނު ކަފާލާތުގެ ދަށުން ދޫކުރެވެން ނެތްކަމަށާއި، އަދި އެމަނިކުފާނުގެ ހުކުމް ތަންފީޒުކުރުން ފަސްކުރެވެން ވެސް ނެތްކަމަށް ހައިކޯޓުން ވަނީ އެންމެފަހުން ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ހުކުމްކޮށްފައެވެ.

ކަފާލާތުގެ ދަށުން ރައީސް ޔާމީން މިވަންކޮށްދިނުމަށް އެދޭ ސަބަބުތައް ޝަރީއަތުގެ މަޖިލީހުގައި ފާހަގަކުރައްވާ ރައީސް ޔާމީންގެ ގާނުނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލު ވިދާޅުވީ ރާއްޖޭގެ ދުސްތޫރުގެ ދަށުން ކަފާލާތުގެ ހައްގުތަކެއް އޮންނަ ކަމަށެވެ. ޖަމީލު ވިދާޅުވެފައިވަނީ އެ ހައްގުތަކުގެ ތެރޭގައި ހުކުމް އައުމުގެ ކުރިންނާއި، ހުކުމް އިއްވުމަށްފަހު އެ މީހާއަކީ ކުށްވެރިއެއްގެ ގޮތުގައި ކަނޑައެޅުމަށްފަހު އިސްތިއުނާފީ މަރުހަލާގައި ކަފާލާތަށް އެދެވޭނެ ކަމަށެވެ.

ކަފާލާތާއި ގުޅޭގޮތުންނާއި، އިސްތިއުނާފާއި މެދު ގޮތެއް ނިންމެންދެން ހުކުމް ތަންފީޒު ކުރަން މަޑުޖައްސާލުމަށް ހުށަހެޅި މައްސަލައާއި ގުޅޭގޮތުން ފަނޑިޔާރުންގެ ރައުޔު ތަފާތެވެ. ކަފާލާތު ނުދޭން ތިން ފަނޑިޔާރުރުން އިއްތިފާގު ވީ ސަބަބުތައް ތަފާތެވެ.

ހުކުމުގައި ބުނެފައިވަނީ ދުނިޔޭގެ އެހެން ގައުމުތަކުގައި “ޕޯސްޓް ކޮންވިކްޝަން ބެއިލް” ގެ ގާނޫނުތައް ހެދިފައިވާ ކަމަށާއި ރާއްޖޭގައި އެފަދަ ގާނޫނެއް ހެދިފައި ނެތް ކަމަށެވެ. އަދި ގާނޫނު ހެދުމުގެ ބާރު ފަނޑިޔާރުންނަށް ލިބިގެން ނުވާ ކަމަށެވެ. ރައީސް ޔާމީންގެ އިސްތިއުނާފާއި ގުޅޭގޮތުން ތަފާތު ރައުޔެއް ނެރުއްވީ ފަނޑިޔާރު ޝަހީދުއެވެ. ޝަހީދު ވިދާޅުވީ އިސްތިއުނާފުގެ އަޑުއެހުމުގައި ރައީސް ޔާމީންއަކީ ނުރައްކާތެރި ކުށްވެރިއެއްތޯ ސުވާލު ކުރުމުން ދައުލަރަށް އޭގެ ޖަވާބު ދެވިފައި ނުވާ ކަމަށެވެ.

ހުކުމްތައް ފަސް ކުރުމާއި ގުޅޭގޮތުން ސުޕްރީމް ކޯޓުންވެސް ހުކުމް ނެރެފައިވާކަމަށާއި، އެފަދަ އަމުރުތަކަށް ދައުލަތުންވެސް އެދިފައި އެބަހުރިކަމަށް އޭނާ ވިދާޅުވިއެވެ. ފަނޑިޔާރު ވިދާޅުވީ އޭގެ ތެރޭގައި ޖިނާއީ ބޮޑެތި މައްސަލަތައް ވެސް ހިމެނޭ ކަމަށެވެ. އަދި އެ ނިންމުމާ މެދު ދައުލަތުން މުރާޖާއަކަށް ވެސް ނޭދޭކަމަށެވެ.

މާދަމާގެ އަޑުއެހުމުގައި އޮންނާނީ މައްސަލައިގެ އިސްތިއުނާފީ ނުކުތާތަކަށް ވާހަކަ ދެއްކުމެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން 80 އަށްވުރެ އިސްތިއުނާފީ ނުކުތާ ހުށަހަޅާފައިވެއެވެ.

ތިން ދުވަހުގެ ފަރުވާއަށްފަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހޮސްޕިޓަލުން މިއަދު ވަނީ ދޫކޮށްލާފައެވެ. ހިތުގެ ޑޮކްޓަރަކަށް ދައްކައި ޓެސްޓުތަކެއް ހެދުމަށް ރައީސް ޔާމީން އައިޖީއެމްއެޗްގެ ކާޑިކް ސެންޓަރުގައި އެޑްމިޓު ކުރިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: