މި ދުވަސްވަރު މާލޭގައި ފާނަބަސަންތާއި ރޯގާ ހަލުވިކަމާއި އެކު ފެތުރެމުންދާތީ އެކަމަށް ސަމާލުވެ ބަލި މީހުންނަށް ޒިޔާރަތް ކުރުމާއި އަދި ހޮސްޕިޓަލަށް އަމިއްލަ ކަންކަމުގައި އަންނައިރު ކުޑަކުދިން ނުގެނައުމަށް ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްއިން އެދިއްޖެއެވެ.
މިދުވަސްވަރު އަރިދަފުސް ރޯގާ، ބޭރަށް ހިންގުން އަދި ވައިރަލް ފީވާ އިތުރުވަމުންދާކަމަށް އައިޖީއެމްއެޗްއިން ވަނީ ބުނެފައެވެ. ކޮންމެ އަހަރެއްގައިވެސް ދެ ފަހަރެއްގެ މަތީން ޑެންގޫ ހުމާއި، ފާނަބަސަންތު އަދި ބޭރަށް ހިނގުން އިތުރުވެއެވެ.
ރޯގާ ޖެހިގެން ފަރުވާ ހޯދާ މީހުން އިތުރުވެފައިވާތީ އެކަން ފާހަގަކޮށް އައިޖީއެމްއެޗުން އާއްމުކުރި އިއުލާނެއްގައި ބުނެފައިވަނީ މި ދުވަސްވަރަކީ ހަލުވި ކަމާއެކު ރޯގާއާއި ފާނަބަސަންދު ފެތުރެމުންދާ ދުވަސް ވަރެއް ކަމުން ހޮސްޕިޓަލުގައި ތިބި ބަލިމީހުން ގާތަށް ޒިޔާރަތްކުރުމުގައި އަމިއްލަ ރައްކާތެރި ކަމަށް ސަމާލުކަން ދިނުމަށް އެދޭ ކަމަށެވެ. އެގޮތުން ކުޑަ ކުދިންނާއި، ދިފާއީ ނިޒާމު ބަލި ކަށި މީހުންނާއި، އުމުރުން ދުވަސްވީ މީހުން އެ ހޮސްޕިޓަލުން ފާހަގަކުރިއެވެ.
https://twitter.com/igmhmv/status/1233636043443884032
ފާނަ ބަސަންދު އުޅޭ ގެއެއްގެ މީހުންނަކީ އެއީ މީގެ ކުރިން ފާނަ ބަސަންތު ޖެހިފައި ހުރި މީހެއް ނަމަވެސް ބަލީގައި އުޅޭމީހެއް ކައިރިގައި އުޅުމުގައި ސަމާލުވުމަށް އައިޖީއެމްއެޗްއިން ވަނީ އެދިފައެވެ.
ބަލި އާންމުކޮށް ފެތުރެނީ އޭގެ އަސަރު ކޮށްފައިވާ މީހުންގެ ފަރާތުން ކަމުން ބަލި ފެތުރުނަ ނުދިނުމަށްޓަކައި، ކާބޯތަކެތި ތައްޔާރު ކުރުމުގެ ކުރިން އަދި ކެއުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުމާއި ކުޑަކުދިންގެ ނެޕީ ބަދަލު ކުރުވުން މުހިންމެވެ.
މީގެ އިތުރުން ބޭރަށް ހިންގުމަކީ ބެކްޓީރިއާގެ ސަބަބުން ޖެހޭ ތައިފޮއިޑް ހުމުގެ އަލާމާތެއް ކަމަށް ވެސް ބެލެވިދާނެ ކަމަށާއި އެފަދަ ހުން މަދުން ނަމަވެސް ފެންނަ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ފާހަގަކުރެއެވެ. ތައިފޮއިޑް ހުމުގެ އިތުރު އަލާމާތްތަކުގެ ތެރޭގައި ބަނޑުގައި ރިއްސުމާއި ގަދައަށް ހުން އައުން ވެސް ހިމެނެއެވެ.

