ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމްއަށް ސައިޒު ދައްކާލެވުނީ އަވަށްޓެރި ގައުމުތަކުން ވެސް މީހުން ގެނެސްގެން!

ޕީޕީއެމްއިން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގެ ތެރެއިން: ފޮޓޯ ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރޭ މާލޭގެ ކާނިވާ ސަރަހައްދުގައި އިދިކޮޅު ޕީޕީއެމުން ބޭއްވި ޖަލްސާގައި ޕީޕީއެމްގެ ސައިޒު ދައްކާލެވުނީ އަވަށްޓެރި ގައުމުތަކުން ވެސް މީހުން ގެނެސްގެންކަން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ ރޭގެ ޖަލްސާ ނިންމާލުމަށްފަހު އަބްދުﷲ މުހައްމަދު (މަދަނީ އަބްދުﷲ) ދެއްކި ވާހަކައިގެ ތެރެއިންނެވެ. އެގޮތުން ޖަލްސާ އަށްފަހު އަބްދުﷲ ގެންދެވީ ހުޅުމާލެ އާއި ވިލިމާލެ އިން ޖަލްސާ އަށް އައި މީހުން ވަކި ސަރަހައްދަކަށް އައުމަށް ގޮވާލަމުންނެވެ. އެ ވާހަކައިގެ ތެރެއިން އަބްދުﷲ ވަނީ އަވަށްޓެރި ގައުމުތަކުން ޖަލްސާ އައި މީހުން ފުރަންޖެހޭ ގަޑިވެސް އިއުލާންކޮށްފައެވެ. އެގޮތުން ”އަވަށްޓެރި ގައުމުތަކުން ވަޑައިގެންނެވި ބޭފުޅުން 11:30 އަށް ފުރުން ހަމަޖެހިފައިވާ ވާހަކަ ދަންނަވިއެވެ. ނަމަވެސް އެއީ ރޭގެ 11:30 ކަމަެއް ނުވަތަ މިއަދު ހެނދުނު 11:30 ކަމެއް އަބްދުﷲ ވިދާޅެއް ނުވެއެވެ. 

https://twitter.com/Sangu_tv/status/1233460779510325249

ޕީޕީއެމްއިން ބޭއްވި ޖަލްސާއަށް ރާއްޖެއާއި ރާއްޖެއިން ބޭރުން މާލެއަށް މީހުން ގެނައިކަން ހާމަވުމާއި ގުޅިގެން ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކުން ގެންދަނީ ޕީޕީއެމްއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ މީހުން ގިނަކަން ދައްކަން އަވަށްޓެރި ގައުމުތަކުން މީހުން އަންނަން ޖެހުމުން އިދިކޮޅަށް އޮތް ތާއީދު ފެންނަމުންދާ ކަމަށް ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ. 

ޕީޕީއެމުން ރޭ ކާނިވާ ސަރަހައްދުގައި ބޮޑު ޖަލްސާއެއް ބޭއްވިއިރު މިދިޔަ ހުކުރު ދުވަހުގެރޭ އެމްޑީޕީން ވެސް ހަމަ އެ ސަރަހައްދުގައި ޖަލްސާއެއް ބޭއްވިއެވެ. ނަމަވެސް އެމްޑީޕީގެ ޖަލްސާ އަށްދިޔަ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުކަން ފާހަގަކޮށްލެވެއެވެ. 

މުޅި ކާނިވާ ސަރަހައްދު ފުރާލާފައިވާ ރޭގެ ޖަލްސާގެ ބައިވެރިން ތިބީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި ޕޯސްޓަރުތައް ވެސް އުފުލައިގެނެވެ. އަދި ބައިވެރިން ގެންދިޔައީ ރައީސް ޔާމީން މިނިވަން ކުރަން ވެސް އަޑުހަރުކޮށް ގޮވާލަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: