ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަތަރު މަހުގެ މުސާރައާއެކު ވަޒީފާއިން ވަކިވުމުގެ ފުރުސަތު ދޭން ނިންމީ، ކުރާނެ މަސައްކަތެއް ނެތި ތިބޭތީ: ފެނަކަ

ފެނަކަ ކޯޕަރޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ފެނަކަ ކޯޕަރޭޝަނުން މުވައްޒަފުން މަދުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހަތަރު މަހުގެ މުސާރައާއެކު ވަޒީފާއިން ވަކިވުމުގެ ފުރުސަތު މުވައްޒަފުންނަށް ދޭން ނިންމީ، ކުރާނެ މަސައްކަތެއް ނެތި ބޭކާރު ގޮތުގައި ގިނަ އަދަދެއްގެ މުވައްޒަފުް ތިބުމުން ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

ޖުމްލަ 8,000 އެއްހާ މުވައްޒަފުން ތިބި ފެނަކައިން، އަމިއްލައަށް ވަޒީފާއިން ވަކިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އިއްޔެ ހުޅުވާލާފައިވާއިރު މިކަމާބެހޭ ގޮތުން ”ސަންގުން“ މައުލޫމާތު ހޯދުމަށް ގުޅުމުން އެކަމާ ގުޅިގެން އެ ކުންފުނީގެ ޖަވާބެއް ލިބިފައިނުވެއެވެ. ކުންފުނިން ވަކިވުމުގެ ފުރުސަތު ދެނީ ކިހާ އަދަދެއްގެ މުވައްޒަފުންނަށްތޯ އަދި މުވައްޒަފުން ވަކިވުމުގެ ފުރުސަތު ދިނުމާ ގުޅޭ ވަކި އުސޫލެއް އޮތް ކަމެއް ވެސް ސާފެއް ނޫނެވެ.

މި ނިންމުމާ ގުޅޭ ގޮތުން ބައެއް މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން އެކުންފުނީގެ އެމްޑީ އަފީފު ވިދާޅުވީ، މިއީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށް ދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ޓަކައި އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މުވައްޒަފުން މަދުކުރުމަކީ ފެނަކަ ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭ ކުންފުންޏަކަށް ހެދުމަށް ޓަކައި ކޮންމެހެން އަޅަންޖެހޭ މުހިންމު ފިޔަވަޅެއް ކަމަށް ވެސް އޭނާ ބައެއް މީޑިއާތަކަށް މައުޅޫމާތުދެއްވަމުން ވިދާޅުވިއެވެ.

މީގެ އިތުރުން، ގިނަ އަދަދެއްގެ މުވައްޒަފުން ކުންފުނީގައި މަސައްކަތްކުރާއިރު އެންމެ އެކަށޭނެ ގޮތެއްގައި މަސައްކަތްކުރާ މުވައްޒަފުންނާ އެކަށޭނެ ގޮތެއްގައި މަސައްކަތް ނުކުރެވޭނެ މުވައްޒަފުން ތިބޭނެކަމަށާއި އެ ކަންކަން ބަލައި އިސްލާހުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއާއެކު ބައެއް ޕްރޮޖެކްޓްތަކަށް މުދަލާއި ތަކެތި ނެތުމުގެ ސަބަބުން މަސައްކަތް ކުރިއަށް ނުގެންދެވި، އެކި ރަށްރަށުގައި ކުރާނެ މަސައްކަތެއް ނެތި ގިނަ އަދަދެއްގެ މުވައްޒަފުން ތިބިކަން އޭނާ ފާހަގަކުރެއްވިއެވެ. އެ ބަދަލުތަކުގެ ސަބަބުން ކުންފުނީގެ އުފެއްދުންތެރިކަން އިތުރުވެ، ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ފާއިތުވި އަހަރުތަކުގައި ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް ފެނަކައަށް ވަނީ އަމާޒު ކުރެވިފައެވެ. އެގޮތުން، އިންތިހާބުތަކާ ދިމާކޮށް ކޮންމެ ސަރުކާރެއްގައި ގިނަ އަދަދަކަށް މުވައްޒަފުން ނަގާކަމުގެ ޝަކުވާ ބޮޑުވެފައިވާކަން ފާހަގަކުރެވެއެވެ.

ދައުލަތުގެ ކުންފުނިތަކަށް ބޮޑު ހަރަދެއް ކޮންމެ އަހަރަކު ވެސް ކުރަމުން އަންނައިރު، ފިނޭންސް މިނިސްޓްރީން މިދިޔަ އޭޕްރިލް މަހު ވަނީ، ސަރުކާރު ކުންފުނިތަކުން 33 ޕަސެންޓު މުވައްޒަފުން މަދުކުރަން އަންގަން، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އަށް އަންގައިފައެވެ. އޭގެ ފަހުން ކުންފުނިތަކުން މުވައްޒަފުން މަދު ކުރުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ. ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު އަދި މިހާތަނަށް ވެސް ހާމަކޮށްފައިނުވާކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: