ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިތަދޫ އުތުރު ދާއިރާގެ ބައިއިލެކްޝަން ކެމްޕެއިނުން މިނިސްޓަރު އިހުސާން ގެއްލިއްޖެ!

ބައިއިލެކްޝަންަ ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓުގެ ކެމްޕެއިން ޖަލްސާގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައިއިލެކްޝަންގެ ކެމްޕެއިން ހަރަކާތްތަކުން ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން އެކަހެރިކޮށްފައިވާކަން ”ސަންގު“ އަށް އެނގިއްޖެއެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ މި އިންތިޚާބުގެ ކެމްޕެއިން ފެށުމަށް މިދިޔަ މަހުގެ 23 ވަނަ ދުވަހު އައްޑޫ ސިޓީގައި ބޭއްވި ޖަލްސާއިން ވެސް މިނިސްޓަރު ފެނިފައެއް ނުވެއެވެ.

މިކަމާ ގުޅޭގޮތުން ”ސަންގު“ އިން ސުވާލު ކުރުމުން މިނިސްޓަރު އިހުސާން ވިދާޅުވީ، ކެމްޕެއިނުން ނުފެންނަނީ މިނިސްޓްރީއަށް މި ފަހުން ގެނައި ބަދަލުތަކާ ގުޅިގެން ރަސްމީ މަސައްކަތްތައް ހުރި ގޮތުން ވަގުތު ނުލިބޭތީ ކަމަށެވެ.

”މާލޭގައި ކުރިއަށްދާ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވަން. އަދި އަޅުގަނޑުގެ އާއިލާގެ ބޭފުޅުން ވެސް ކެމްޕެއިންގައި އުޅުއްވާ،“ އިހުސާން ވިދާޅުވިއެވެ.

ކެމްޕެއިންގައި ބައިވެރިވުމަށް ޕާޓީއާއި ކެންޑިޑޭޓުގެ ފަރާތުން އެދިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް އިތުބާރު ހުރި މަސްދަރުތަކުން މައުލޫމާތު ލިބޭ ގޮތުގައި، މި ފަހަރުގެ ކެމްޕެއިން އިހުސާނާ ހަވާލުނުކުރަން ނިންމީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެންނެވެ. އެއީ މީގެ ކުރިން އިހުސާންގެ ބެއްލެވުމުގެ ދަށުން އައްޑޫ ސިޓީގައި ކުރިއަށްގެންދިޔަ ކެމްޕެއިންތަކުގައި ޕީއެންސީއަށް ބޮޑެތި ނާކާމިޔާބީތަކެއް ކުރިމަތިވެފައިވާތީ ކަމަށް މައުލޫމާތު ލިބެއެވެ.

މީގެ ކުރިން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫ ސިޓީން ޕީއެންސީއަށް އެއްވެސް ގޮނޑިއެއް ލިބިފައި ނުވާއިރު، ފޭދޫއަށް ވަކި ރަށު ކައުންސިލެއް އުފެއްދުމަށް ކުރި ރިފަރެންޑަމްގައި ވެސް އިހުސާން އިސްކޮށް ހުންނަވައި ކުރެއްވި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ. އެ ރިފަރެންޑަމްގައި ފޭދޫގެ 75 އިންސައްތަ ރައްޔިތުން ވޯޓު ދިނީ ވަކި ކައުންސިލެއް ބޭނުންނުވާ ކަމަށެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައިއިލެކްޝަންގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވަނީ އަހުމަދު ސައީދު (ސޮޑާ) އެވެ. އަދި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ އަބްދުﷲ ސޯދިގު (ސޯބެ) އެވެ.

މި ދާއިރާގެ ގޮނޑި ހުސްވީ ކުރިން އެ ގޮނޑި ފުރުއްވި މުހައްމަދު ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް އޮތުމުން އޭނާގެ މެންބަރުކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: